މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މިއަދު ކުރިއަށްދާއިރު އަންނަ އަހަރުގެ ބަޖެޓާއެކު ގިނަ ބިލުތަކަކަށް މިއަދު ވޯޓަށް އަހާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ކޮމިޓީތަކުން 9 ރިޕޯޓެއް ހުށަހަޅާނެ ކަމަށާއި، އަދި އެ ރިޕޯޓްތަކުގެ ބަހުސް މަރުހަލާ ނިންމާލުމަށްފަހު ވޯޓަށް އެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިއަދުގެ ޖަލްސާގައި ބަޖެޓަށްވެސް ވޯޓަށް އެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ 3 ވަނަ ދައުރު، ފަހު ދައުރުގެ އެންމެފަހު ޖަލްސާ. އެހެންވީމަ މިއަދުގެ ޖަލްސާ ދިގު ދެމިގެން ދިއުމަކީ އެކަށީގެންވާކަމެއް. ވޯޓަށް އަހާނީ ހުރިހާ މަސައްކަތެއް ނިމުމަށްފަހުގައި. އެހެންވީމަ ވޯޓްގެ ގަޑި މިހާރު އަންދާޒާކުރަން ދަތި." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާއަށް 9 ކޮމިޓީއެއްގެ ރިޕޯޓުތައް ހުށަހަޅާފައިވާއިރު، އޭގެތެރޭގައި ބައެއް ބިލުތައް ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓާއި ސަފީރުންނަށް ރުހުންދޭ މައްސަލައެއްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު