ސަރުކާރަށް 4 އަހަރު ވެގެން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދުރު ވިސްނުންފުޅާއެކު ސިފައިންގެ ވެލްފެއަރގެ ކަންކަމަށް މުހިންމު އަދި ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ މިފަދައިން ވިދާޅުވީ، އެމްއެންޑީއެފް މެޑިކަލް ކޯރގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީގައި (ނޮވެންބަރު 27 ވަނަ ދުވަހު) ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ، ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި، ސެނަހިޔަ ހޮސްޕިޓަލްގެ ފްލޫ ކްލިނިކްތަކުން، 24 ގަޑިއިރު ހުއްޓުމެއްނެތި ޢާއްމު ރައްޔިތުންނަށާއި ސިފައިންނަށް ފޯރުކޮށްދިން ޚިދުމަތްތަކަކީ، ތަޢުރީފް ޙައްޤު ޚިދުމަތްތަކެއް ކަމަށެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ސިފައިންގެ ވެލްފެއަރގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނަންޓަކީ ސިފައިންގެ ދުޅަހެޔޮ ސިއްޙަތު ކަމަށާއި، އަދި، ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމުގައި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ އެންމެ މުހިންމު އެއް ބައިވެރިޔާކަމުގައެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، މި ސަރުކާރުން ހިންގުމާ ޙަވާލުވެލެއްވުމަށްފަހު، ސިފައިންނާ ގުޅުންހުރި އެންމެ މުހިންމު އަދި އެންމެ އިސް ކަމެއްގެ ގޮތުގައި ދެކެލެއްވީ، ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދީ، ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަސްކަމާއެކު ގެނެސްދެއްވުން ކަމުގައެވެ. އަދި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް 4 އަހަރު ވެގެން ދިޔައިރު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދުރު ވިސްނުންފުޅާ އެކު، ޞިއްޙީ ނިޒާމުގެ ކަންކަން ހިމެނޭހެން، ސިފައިންގެ ވެލްފެއަރގެ ކަންކަމަށް މުހިންމު އަދި ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރެވި، ގިނަ ހޮސްޕިޓަލް އަދި ކްލިނިކުތަކަކަށް ސިފައިން ދެއްކޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަވާފައިވާއިރު، މެޑިކަލް ކޯރއިން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސެނަހިޔަ ހޮސްޕިޓަލުގައި ކޮންސަލްޓްކުރައްވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޢަދަދު 11 އިން 54 އަށް އިތުރުކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ، ޢަދަދުގެ ގޮތުން އެންމެ މީހުން މަދު ސަރވިސްކަމުގައި ވިޔަސް، މި މުއްދަތުގެ ތެރޭގައި ވެސް، އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތައް ހިމެނޭހެން، މެޑިކަލް ކޯރގެ 42 މުވައްޒަފަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯއްދަވައިދެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ކުރެވިފައިވާ މަސައްކަތުގައި ސިފައިންގެ އެކި ޔުނިޓްތަކަށް މެޑިކަލް ކޯރއިން ހިންގި ތަފާތު 29 ކޯހެއްގައި 801 ސިފައިން ތަމްރީނުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، މިރޭ އިފުތިތާހުކުރެވުނު "މެޑިކަލް ސްޓޭންޑަރޑްސް ފޮރ އެންލިސްޓްމެންޓް އެންޑް ރިޓެންޝަން" އުސޫލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިނިސްޓަރ ވިދާޅުވީ، އެ އުސޫލަކީ، މެޑިކަލް ކޯރއާއި އެމްއެންޑީއެފްގެ ކުރިއެރުމަށް އިތުރުކުރެވިގެން ދިޔަ ބޮޅެއް ކަމަށާއި، ދިވެހި އަސްކަރިއްޔާއަކީ، ޞިއްޙީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް "ފައިޓިންގ ފިޓް" ލަޝްކަރެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ވާނެ ކަމަށެވެ. އަދި، އޭގެ ސަބަބުން ސިފައިންގެ ވަޒީފާއަށް މީހަކު ވަންނައިރު އަދި ސިފައިންގެ ވަޒީފާގައި ދެމި ހުންނައިރު، އެމީހަކީ ޞިއްޙީގޮތުން ވަޒީފާއަށް އެކަށޭނަ، އަދި ޞިއްޙީގޮތުން ޤާބިލު މީހެއްތޯ ދެނެގަނެ، އެކަން މޮނިޓަރކޮށް ބެލޭނެ އިންތިޒާމްތައް މި އުސޫލުގެ ތެރެއިން ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވިއެވެ.

"ސިފައިންގެ ވެލްފެއަރގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނަންޓަކީ ސިފައިންގެ ދުޅަހެޔޮ ޞިއްޙަތު. ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމުގައި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ އެންމެ މުހިންމު އެއް ބައިވެރިޔާ" – @MariyaDidihttps://t.co/YRWQe1LpHM pic.twitter.com/qu8GGiKly5
— Maldives National Defence Force (@MNDF_Official) November 28, 2022
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، މި ސަރުކާރުން ހިންގުމާ ޙަވާލުވެލެއްވުމަށްފަހު، ސިފައިންނާ ގުޅުންހުރި އެންމެ މުހިންމު އަދި އެންމެ އިސް ކަމެއްގެ ގޮތުގައި ދެކެލެއްވީ، ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދީ، ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަސްކަމާއެކު ގެނެސްދެއްވުން ކަމުގައެވެ. އަދި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް 4 އަހަރު ވެގެން ދިޔައިރު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދުރު ވިސްނުންފުޅާ އެކު، ޞިއްޙީ ނިޒާމުގެ ކަންކަން ހިމެނޭހެން، ސިފައިންގެ ވެލްފެއަރގެ ކަންކަމަށް މުހިންމު އަދި ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރެވި، ގިނަ ހޮސްޕިޓަލް އަދި ކްލިނިކުތަކަކަށް ސިފައިން ދެއްކޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަވާފައިވާއިރު، މެޑިކަލް ކޯރއިން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސެނަހިޔަ ހޮސްޕިޓަލުގައި ކޮންސަލްޓްކުރައްވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޢަދަދު 11 އިން 54 އަށް އިތުރުކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ، ޢަދަދުގެ ގޮތުން އެންމެ މީހުން މަދު ސަރވިސްކަމުގައި ވިޔަސް، މި މުއްދަތުގެ ތެރޭގައި ވެސް، އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތައް ހިމެނޭހެން، މެޑިކަލް ކޯރގެ 42 މުވައްޒަފަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯއްދަވައިދެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ކުރެވިފައިވާ މަސައްކަތުގައި ސިފައިންގެ އެކި ޔުނިޓްތަކަށް މެޑިކަލް ކޯރއިން ހިންގި ތަފާތު 29 ކޯހެއްގައި 801 ސިފައިން ތަމްރީނުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ، މިރޭ އިފުތިތާހުކުރެވުނު "މެޑިކަލް ސްޓޭންޑަރޑްސް ފޮރ އެންލިސްޓްމެންޓް އެންޑް ރިޓެންޝަން" އުސޫލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިނިސްޓަރ ވިދާޅުވީ، އެ އުސޫލަކީ، މެޑިކަލް ކޯރއާއި އެމްއެންޑީއެފްގެ ކުރިއެރުމަށް އިތުރުކުރެވިގެން ދިޔަ ބޮޅެއް ކަމަށާއި، ދިވެހި އަސްކަރިއްޔާއަކީ، ޞިއްޙީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް "ފައިޓިންގ ފިޓް" ލަޝްކަރެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ވާނެ ކަމަށެވެ. އަދި، އޭގެ ސަބަބުން ސިފައިންގެ ވަޒީފާއަށް މީހަކު ވަންނައިރު އަދި ސިފައިންގެ ވަޒީފާގައި ދެމި ހުންނައިރު، އެމީހަކީ ޞިއްޙީގޮތުން ވަޒީފާއަށް އެކަށޭނަ، އަދި ޞިއްޙީގޮތުން ޤާބިލު މީހެއްތޯ ދެނެގަނެ، އެކަން މޮނިޓަރކޮށް ބެލޭނެ އިންތިޒާމްތައް މި އުސޫލުގެ ތެރެއިން ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު