އެޗްޑީސީން މިއަދު އާންމުކޮށްފައިވާ ފްލެޓަށް ޝަރުތުހަމަވާ މީހުންގެ ވަގުތީ ލިސްޓުގައި ސީލައިފް، ގުޅީފަޅު އަދި ހިޔާއިންލިބުނު ފުލެޓު ދޫކޮށްލިފަރާތްތަކުގެ ނަން ނުހިމެނޭނެކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެޗްޑީސީން ބުނީ މިއަދު އާއްމު ކޮށްފައިވާ ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލާ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއްކަމަށެވެ. އެގޮތުން އެލިސްޓުގައި ހިޔާ ފުލެޓުތަކުން ފުލެޓު ދޫކޮށްލި ފަރާތްތަކަށާއި ގުޅީފަޅުންނާއި އަދި ސީލައިފުން ފުލެޓު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ވިނަރެސް މަޝްރޫއުން ފުލެޓު ދޭން ނިންމި އެއްވެސް ފަރާތެއްގެ ނަމެއް މި ލިސްޓުގައި ނުހިމެނޭނެކަމަށެވެ.
އެޗްޑީސީން ވަނީ ހިޔާ ފުލެޓުތަކުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ފުލެޓު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވިނަރެސް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައެވެ. އަދި ގުޅީފަޅުންނާއި ސީލައިފް ޕްރޮޖެކްޓުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް މަޝްރޫއުން ފުލެޓު ހިޔާރުކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. ނަމަވެސް މިއަދު އާންމުކުރި ލިސްޓުގައި މިއިން އެއްވެސް ފަރާތެއްގެ ނަމެއް ނުހިމެނޭނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މީގެއިތުރުން، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިނަރެސް މަޝްރޫއުން ވަކި އަދަދެއްގެ ފުލެޓުވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މާލޭ ރައްވެހިންނަށް ހާއްސަ ކޮށްފައެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ ފަރާތްތަކަށާއި މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އޭގެތެރޭގައި ހިމެނެއެެވެ. އަދި ފުލެޓަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ އިންތިޒާމެއް ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެ ހައްގުވާ ފަރާތްތަކަށް ފުލެޓު ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު