ޓިކްޓޮކާއި އެކްޓިންގެ ދާއިރާގައި މަޝްހޫރު ފަންނާނުންތަކެއް ޖުމްހޫރީ ޕާޓީއާއި ގުޅިއްޖެއެވެ.
ޖުމްހޫރީ ޕާޓީން މައުލޫމާތު ދޭ ގޮތުގައި މިއީ، އެ ޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން އެ ޕާޓީއާއި ގުޅުނު ފަންނާނުންތަކެއް ކަމަށެވެ.
އެގޮތުން، މިއަދު އެޕާޓީއާއި ގުޅުނު މީހުންގެ ތެރޭގައި، ޓިކްޓޮކް އަދި އިންސްޓަގްރާމް މޮޑެލް މަރިޔަމް ޝަނާ އަދި އެކްޓިންގެ ދާއިރާގައި ވިދަމުން އަންނަ އަޙްމަދު އަބާން ހިމެނެއެވެ.
މީގެ އިތުރުން، މޮޑެލިންގެ ދާއިރާގައި ވިދަމުން އަންނަ އައިޝަތު އަސްލާ ވެސް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިފައެވެ.
ރާއްޖޭގައި ތިންވަނައަށް މެންބަރުން އެންމެގިނަ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީއަށް ދަނީ ގިނަ އަދަދެއްގެ ޒުވާނުން ގުޅެމުންނެވެ. އެ ޕާޓީން ބުނަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ވެސް ކެންޑިޑޭޓަކު ނެރެން ތައްޔާރުވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު