މާދާމާއިން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް ހުޅުމާލެއިން މަސްވެރިންނަށް ޚާއްސަ ރޭޓެއްގައި ތެޔޮ ވިއްކަން ފަށާނެ ކަަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެެއްޖެއެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ، މާދަމާއިން ފެށިގެން ހުޅުމާލޭ މަސްވެރިންގެ ޖެޓީ އިން މަސްވެރިންނަށް ޚާއްސަ ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލޭ ސަރަޙައްދުން މަސްވެރިންގަންނަ ތެލުގެ އަގުހެޔޮވެގެންދާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި މާދަމާއިން ފެށިގެން ތެޔޮ ލިބޭނެ ކަމަށެވެ.
ހުޅުމާލޭގައި މަސްވެރިންގެ ބަނދަރުގައި ކުރިން ތެޔޮ ވިއްކަމުން ގޮސްފައިވަނީ މަސް ގަނެ ޕްރޮސެސްކުރާ އަމިއްލަ ކުންފުނި އެންސިސް އިންނެވެ. އެކުންފުނިން ތެޔޮ ވިއްކަނީ މިފްކޯއަށް ވުރެ 2ރ. އަގު ބޮޑުކޮށެވެ. އެފްއެސްއެމުން އަގަށް ގެންނަ ބަދަލާއެކު ކުރިން 19:30ރ. އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު މަސްވެރިންނަށް 17ރ. އަށް ލިބޭނެ އެވެ.
މަސްވެރިންނަށް އެންސިސް އާއި ހޮރައިޒަން މެދުވެރިކޮށް އަގު ހެޔޮކޮށް ނުވަތަ މިފްކޯއިން ވިއްކާ ރޭޓުގައި ތެޔޮ ނުލިބުމަކީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެކެެވެ.

ކިޔުންތެރިންގެ ހިޔާލު