ހުޅުމާލޭ ފޭސް 1 ގައި ވިލާގެ ފަރާތުން ސްކޫލެއް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ އާއި އެކު މިއަދު ސޮއިކޮށްފިއެވެ.

ވިލާ އެޑިއުކޭޝަނަލް ސާވިސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ ސްކޫލަކީ ގްރޭޑް 1 އިން 12 އަށް ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލުގެ އެއްބަސްވުމުގައި ވިލާގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފެވެ.

އެޗްޑީސީން ބުނީ ޖުމްލަ 761 ކުދިންގެ ޖާގަ ހިމެނޭ ސްކޫލެއް ފޭސް 1 ގައި އެޅުމަށް ނިންމާފައިވާ ކަމަށެވެ. މި ސްކޫލުގައި ގިނަ ޚިދުމަތްތަކެއް ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން މި ސްކޫލުގައި 6 ފްލޯ ހުންނައިރު، 20 ކްލާސް ރޫމް މި ސްކޫލުގައި ހުންނާނެ ކަމަށާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް މި ސުކޫލުގައި ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މަައުލޫމާތުދެއެެވެ.

މީގެއިތުރުން، ރޮބޮޓިކް ލެބްވެސް މި ސުކޫލުގައި ގާއިމްކުރެވިފައި ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ވިލާއިން ހުޅުމާލޭގައި ޤާއިމް ކުރާ ސްކޫލުގެ ސަބަބުން 100 އަށް ވުރެ ގިނަ ވަޒީފާ އެޑްމިނިސްޓްރޭޓިވް އަދި އެކަޑަމިކް ދާއިރާއިން އުފެދިގެން ދާނެ ކަމަށް ވިލާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު