އިންޑިއާ ކަނޑުގައި ހިމެނޭ ބައެއް ގައުމުތަކާއެކު ޗައިނާއިން ބޭއްވި ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިވެހި ހާރިޖިއްޔާއިން ދޮގުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިކަން ދޮގުކޮށްފައި މިވަނީ، ޗައިނާ ސަރުކާރުން ހިންގާ އެހީދޭ އެޖެންސީއެއްކަމަށްވާ "ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ، ސީއައިޑީސީއޭއިން މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ރާއްޖެ ބައިވެރިވިކަމަށް ސީއައިޑީސީއޭއިން ބުނެފައި ވަނިކޮށެވެ.
ޗައިނާއިން ބޭއްވި މިބައްދަލުވުމަކީ އިންޑިއާ ކަނޑުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އިންޑިއާ ނޫން ހުރިހާ ގައުމުތަކެއް ހިމަނައިގެން ބޭއްވި ބައްދަލުވުމެކެވެ.
ސީއައިޑީސީއޭއިން ބުނެފައިވަނީ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އިންޑޮނީޝިއާ، ޕާކިސްތާން، މިޔަންމާ، ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، އަފްގާނިސްތާން، އިރާން، އޮމާން، ދެކުނު އެފްރިކާ، ކެންޔާ މޮޒަމްބީކް، ޓެންޒޭނިއާ، ސީޝެލްސް، މަޑަގަސްކާ، މޮރިޝަސް، ޖިބޫޓީ އަދި އޮސްޓްރޭލިއާއިން ބައިވެރިކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަށް ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވީޑިއޯ މެސެޖެއް ވަނީ ފޮނުއްވާފައެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން އެ ބައްދަލުވުމުގައި ތަމްސީލްކޮށްފައި ނުވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރި ނުވާނެކަން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް އަންގާފައިވާނޭކަމަަށްވެސް ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.
ހާރިޖިއްޔާގެ ބަޔާނުގައި ބުނީ އަމިއްލަ ހައިސިއްޔަތުން މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވާ ދިވެހިންނަކީ ނުވަތަ ދިވެހިން ހިމެނޭ ޖަމާއަތްތަކަކީ ދިވެހި ސަރުކާރު ތަމްސީލް ކުރާ ފަރާތްތަކެއް ނޫންކަމަށެވެ.

Statement by the Ministry of Foreign Affairs concerning Maldives' alleged participation in the China-Indian Ocean Forum on Development Cooperation
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 27, 2022
📃 Press Release | https://t.co/eu7bCtWbMS pic.twitter.com/ZjWniN5Std
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަށް ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވީޑިއޯ މެސެޖެއް ވަނީ ފޮނުއްވާފައެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން އެ ބައްދަލުވުމުގައި ތަމްސީލްކޮށްފައި ނުވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރި ނުވާނެކަން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް އަންގާފައިވާނޭކަމަަށްވެސް ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.
ހާރިޖިއްޔާގެ ބަޔާނުގައި ބުނީ އަމިއްލަ ހައިސިއްޔަތުން މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވާ ދިވެހިންނަކީ ނުވަތަ ދިވެހިން ހިމެނޭ ޖަމާއަތްތަކަކީ ދިވެހި ސަރުކާރު ތަމްސީލް ކުރާ ފަރާތްތަކެއް ނޫންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު