ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކެއް މާލެ ފަޅުތެރޭގައި މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

އީޕީއޭއިން ބުނީ މާލެ ދެކުނު ފަރާތު ފަޅުތެރެއިން މަރުވެފައިވާ 15 ވައްލަ ފެނިފައިވާކަމަށެވެ. އަދި މިއީ ބަޔަކު ގެންގުޅުމުގެ ތެރޭގައި މަރުވެގެން، ކަނޑަށް އުކާލާފައިވާ ދޫނިތަކެއްކަމަށް ބެލެވޭކަމަށްވެސް އީޕީއޭއިން ބުނެއެވެ.



އީޕީއޭއިން ވަނީ މިކަމާއި ބެހޭ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ އެ އިދާރާއާ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އެގޮރުން އީޕީއޭގެ ހޮޓްލައިން 7980379 އަށް ގުޅައިގެން މިކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އީޕީއޭއިން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު