ބ. އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް މިއަދު ފަށައިފިއެވެ.

މިއީ އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ފެށި ފުރަތަމަ ފަހަރަވެ. ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ޑައިލިސިސް ހެދުމަށް ވަކި ދުވަސްތަކެއް ކަނޑައަޅާފައިނުވާ ކަމަށާއި ދުވާލަކު 6 މީހުންނަށް ހިދުމަތް ދެވޭނެކަމަށެވެ.

ބ.އަތޮޅުގައި މި ވަގުތު ޑައިލިސިސް ހަދާ 18 މީހުން ތިބިއިރު، ގިނަ މީހުން މިހާތަނަށް ޑައިލިސިސް ހެދީ އެ ރަށާއި އެންމެ ކައިރިން އެ ހިދުމަތް ދޭ ރ. އުނގޫފާރުންނެވެ.

އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލުގައި ޑައިލިިސިސްގެ ހިދުމަތް ފަށާފައިވާއިރު ސަރުކާރުން ޅ. ނައިފަރުގައިވެސް ވަރަށް އަވަހަށް ޑައިލިސިސްގެ ހިދުމަތް ފެށުމަށް ދަނީ އްޔާރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ކުރިއެރުންތަކެއް ގެނެސްދެއްވަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑައިލިސިސް ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މާލެ ސަރަަހައްދުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އުނގޫފާރު، ގދ. ތިނަދޫ، ލ. ގަން، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިހާރުވެސް ޑައިލިސިސްގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު