ނޮޅިވަރަންފަރު އިސްމެޖިސްޓްރޭޓްގެ މައްސަލައެއް ތަހުގީގުކުރަން ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ.



ޖޭއެސްސީން ބުނީ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ ޝަކުވާ ތަޚްޤީޤުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި، މައްސަލަ ތަހުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެެއެވެ.



ކިޔުންތެރިންގެ ހިޔާލު