ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓްއެލް) ގެ ދަށުން އަތޮޅުތަކުގައި ތައާރަފު ކުރަމުންދާ ހައިސްޕީޑް ފެރީގެ ހިދުމަތް މިހާރު އަޖުމަބަލަމުންދާ ފާދިއްޕޮޅުގައި އަޖުމަބެލުމުގެ މަރުހަލާގައި ފެރީގައި ހިލޭ ދަތުރުކުރެވޭ މުއްދަތު އިތުރު ކޮށްފިއެވެ.
އެ އަތޮޅުގައި ފެރީގެ ހިދުމަތް ފެށީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހު ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ، މިމަހުގެ 28 އާއި ހަމައަށް ފެރީތަކުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މިއަދު އެ މިނިސްޓްރީން ބުނެފައިވަނީ ތަޖުރިބާ ކުރުމުގެ ދަތުރުތައް ބާއްވާ ދުވަސްތައް އަދިވެސް އިތުރު ކުރެވިފައިވާ ކަމަށާއި އެ ދުވަސްތަކުގައި ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
ނަމަވެސް، އެ މުއްދަތު އިތުރުކުރީ ކޮން ދުވަހަކާ ހަމައަކަށްކަމެއް އެ މިނިސްޓްރީން ނުބުނެއެވެ.
މީހުން ދިރިއުޅޭ 4 ރަށުގެ މައްޗަށް އޮތް ޅ އަތޮޅުގައި ފެރީގެ ހިދުމަތް ދެނީ ދެ ފެރީން ތިން ރޫޓަކަށެވެ. ތޭރަހާހުގެ ބޮޑު އާބާދީއެއް އޮތް ޅ. އަތޮޅުގައި އެ ހިދުމަތް ދެނީ 35 ރުފިޔާ އާއި 125 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު