ދާރުލްއާސާރުގައި ހުރި ތަކެތި ބަލާލުމަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވާލި ފުރުސަތުގައި 1،000 އަށް ވުރެ ގިނަ މީހުން އެތަނަށް މިއަދު ޒިޔާރަތްކޮށްފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެއްވެސް އަގަކާ ނުލައި މިއަދު ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން 1،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ދާރުލްއާސާރަށް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.
ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް އޮވެއެވެ. އެހެން ނަމަވެސް ދާރުލްއާސާރަށް ވަދެވެނީ އެކަމަށް ހާއްސަ ޓިކެޓެއް ނަގައިގެންނެވެ. އެގޮތުން ބޮޑެތި މީހުންގެ ޓިކެޓް 25 ރުފިޔާއަށް ވިއްކާއިރު ކުޑަކުދިންގެ ޓިކެޓް 20 ރުފިޔާއަށް އަދި ސްކޫލް ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 15 ރުފިޔާއަށެވެ.

ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެއްވެސް އަގަކާ ނުލައި މިއަދު ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައި.@NatMuseumMV pic.twitter.com/q4YpYXgvpM
— National Centre for Cultural Heritage (@HeritageMv) November 26, 2022
ދާރުލްއާސާރަށް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.
ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް އޮވެއެވެ. އެހެން ނަމަވެސް ދާރުލްއާސާރަށް ވަދެވެނީ އެކަމަށް ހާއްސަ ޓިކެޓެއް ނަގައިގެންނެވެ. އެގޮތުން ބޮޑެތި މީހުންގެ ޓިކެޓް 25 ރުފިޔާއަށް ވިއްކާއިރު ކުޑަކުދިންގެ ޓިކެޓް 20 ރުފިޔާއަށް އަދި ސްކޫލް ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 15 ރުފިޔާއަށެވެ.
ކިޔުންތެރިންގެ ހިޔާލު