ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ދިމާކޮށް ފަތުރުވެރިންނަށް ފަސޭހަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިއުވާން މުހައްމަދު ވިދާޅުވީ ފަތުރުވެރިންގެ ޕީކް ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ޕީކް ސީޒަން ފެށިގެންދާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއާޕޯޓުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ މީގެ ކުރިން ޕީކް ސީޒަންތަކުގައި އެއާޕޯޓާއި އިމިގްރޭޝަން ފަދަ ތަންތަނުން ޚިދުމަތް ހޯދުމުގައި ފަތުރުވެރިންނަށް ދިމާވެފައިވާ ދަތިތަށް ދެނެގަނެވިފައިވާ ކަމަށެެވެ. އަދި ފަތުރުވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް އަޅަމުން ގެންދާކަމަށް މިއުވާން ވިދާޅުވިއެވެ.
"އިމިގްރޭޝަންގެ ކައުންޓަރުތަށް މިވަނީ އިތުރުކުރެވިފައި. އެގޮތުން ޑިޕާޗާގައި މިވަގުތު ހުރި 11 ކައުންޓަރު އެހެން ނަމަވެސް އިތުރު 7 ކައުންޓަރު މިހާރު ވަނީ އިތުރުކުރެވިފައި. އެރައިވަލްގައި މިހާރު 14 ކައުންޓަރު ހުރިއިރު 12 ކައުންޓަރު މިވަނީ އިތުރުކުރެވިފައި،" މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ އެއާޕޯޓުގައި މިހާރު ހުރި 80 ޓޫރިސްޓް ކައުންޓަރު އާ ކައުންޓަރުތަކަށް ބަދަލުކޮށްފައިވާ ކަމަށާއި ފަސެންޖަރުންނަށް ފަސޭހަވާނެ ގޮތަކަށް އެއާޕޯޓްގެ ލޭއައުޓް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެރަވައިލްގައި 6 އެކްސްރޭ މެޝިން އިންސްޓޯލް ކޮށްފައިވާ ކަމަށާއި ޑިސެންބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އެކްސްރޭ މެޝިން ބޭނުންކުރަން ފަށާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
"އެރައިވަލް އެކްސްޓޭންޑް ކުރުމާއި އެތަކެތި ލިބުމުން އެ މަސައްކަތް ފެށުމުގެ މަރުހަލާގައި އެ ކަންތައްތައް އޮތީ، އެހެންވީމަ ކުރިއަށް މި އޮތް ޕީކް ސީޒަން ފެށިގެންދާއިރު ރާއްޖެ އަންނަ ފަތުރުވެރިންނަށް އެއާޕޯޓުން ފަސޭހަތަކެއް ވެގެންދާނެ،" މިއުވާން ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށޭނީ އަންނަ ޑިސެންބަރު މަހުއެވެ. ކްރިސްމަސް ފާހަގަކުރުމަށާއި އާ އަހަރާއި ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު