ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ހުންނެވި އައިޝަތު ނަހުލާ، ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ނެތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ އެ ޕާޓީގެ ދަފްތަރުގައި ނަހުލާ ނެތްކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ސަމާލު ކަމަށް އައީ ކުރިއަށް އޮތް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރު ވުމަށް ޕާޓީގެ ދަފްތަރު ޗެކް ކުރުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ނަހުލާގެ ނަން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދޭތެރެ ދޭތެރެއިން އުނިވާ ކަަމަށެެވެ. އެކަމަކު އެހެން ވަނީ ކީއްވެގެން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، މިހާތަނަށް ދެ ތިން ފަހަރެއްގެ މަތީން އާ ފޯމް ފުރާ ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ. އަލީ ސޯލިހް ވިދާޅުވީ ފޯމް ފުރާ ނަހުލާގެ ނަން ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް އަނެއްކާވެސް ހުށައަޅާފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެ މައްސަލާގައިވެސް އަދި މިފަދަ އެހެން މައްސަލަތަކުގައިވެސް ކަން ހިނގާފައިވާ ގޮތް ބެލުމަށް ކޮމިޝަނަށް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ މީހަކު އެދޭ ނަމަ އޭނާގެ ނަމުގައި ކޮމިޝަނަށް ހުށައަޅާފައިވާ ފޯމްގެ ކޮޕީއާއި ލިޔެކިޔުމެއް ވާނަމަ އެ ލިޔެކިޔުމެއްގެ ކޮޕީއެއްވެސް ދޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު