ސުޕާރީއާއި ވޭޕް ފަދަ ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގިނަ ބަޔަކު އެދޭތޯ ވިދާޅުވެ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ސުވާލެއް ކުރަށްވައިފިއެވެ.

އަމްރު އެގޮތަށް ސުވާލު ކުރެއްވީ އިންފެކްޝަން އުފެދިގެން ބެލިއިރު ޒުވާނެއްގެ ފުއްޕާމޭގައި ސުޕާރީ ފުށްތަކެއް ތާށިވެފައި ހުއްޓާ ފެނުނު މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން އަމްރު ވަނީ ސުޕާރީއާއި ވޭޕް ފަދަ ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގިނަ ބަޔަކު އެދޭތޯ ސުވާލު ކުރަށްވާފައެވެ.



"ސިއްހަތު ރަނގަޅު ޖީލެެއް ހޯދުމަށް ސުޕާރީ އާއި ވޭޕްފަދަ ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވަން ގިނަ ބަޔަކު އެދޭބާ؟" އަމްރު ސުވާލު ކުރެއްވިއެވެ.

އަމްރުގެ ސުވާލާއި ގުޅިގެން ބައެއް މީހުން ވަނީ ސިނގިރޭޓާއެކު ސުޕާރީ އާއި ވޭޕް ފަދަ ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ތާއިދުކޮށް ވާހަކަ ދައްކާފައެވެ. ބައެއް މީހުން ބުނީ ސުޕާރީ ވެސް ބަލައިގެން ކާނަމަ ރަނގަޅުވާނެ ކަމަށެވެ. އަދި ސުޕާރީ ކެެއުމަކީ މައްސަލައެއް ނޫން ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ސުޕާރީއާއި ސިނގިރޭޓްގެ އިތުރުން ޒުވާނުންގެ ގިނަބައެއްގެ މެދުގައި އެންމެ މަގުބޫލް ވޭޕް ކުރުމަކީވެސް ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން އަމަލެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު