ފީފާވޯލްޑްކަޕް 2022 ގައި ގުރޫޕް ޑީގައި މިއަދު ހަވީރު ޓިއުނޭޝިއާއާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު 1–0 އިން އޮސްޓްރޭލިއާއިން ކާމިޔާބު ކޮށްފިއެވެ.

ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި މި މެޗުގައި މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓްގައި އޮސްޓްރޭލިއާއަށް ގޯލް ޖަހައިދިނީ އެ ޓީމްގެ ޑޫކް އެވެ. އެ ގޯލަކީ އެ ޓީމްގެ ކުޅުންތެރިއަކު ނަގައިދިން ހުރަހަކުން ޑޫކް ބޮލުން ޖަހައިދިން ގޯލެކެވެ.

ފުރަތަމަ ހާފުގައި އޮސްޓްރޭލިއާއިން ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް، ދެވަނަ ހާފުގައި ޓިއުނޭޝިއާއިން ވަނީ ހަމަލާތައް އިތުރުކޮށް އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް، މެޗު ނިމިގެން ދިޔައީ ޓިއުނޭޝިއާއަށް ގޯލެއް ކާމިޔާބު ނުކުރެވި އެ ނަތީޖާގައި އޮވެގެނެވެ.

މި މެޗުން މޮޅުވުމުން އޮސްޓްރޭލިއާ މިވަގުތު އޮތީ ތިން ޕޮއިންޓާއިއެކު އެ ގުރޫޕްގެ ދެ ވަނައިގައެވެ. އެ ގްރޫޕްގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓާއިއެކު ފްރާންސެވެ. އެ ގުރޫޕްގައި ދެން ހިމެނޭ ޑެންމާކާއި ޓިއުނޭޝިއާ އޮތީ އެއްވެސް މެޗަކުން މޮޅުނުވެ ގުރޫޕްގެ އެންމެ ފުލުގައެވެ.

މިއީ މި ދެގައުމު ވޯލްޑްކަޕެއްގައި ބައްދަލުކުރި ފުރަތަމަ މެޗެވެ. 2005 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ބައްދަލުކުރި މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ޓިއުނީޝިއާއެވެ.



ކިޔުންތެރިންގެ ހިޔާލު