ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ވޭތުވެދިޔަ 4 އަހަރަކީ އަތޮޅުތަކުގެ ތަރައްގީގެ ދުވެލި އެންމެ ބާރު 4 އަހަރުކަމަށް ބާރަށު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު އަހުމަދު ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ތަރައްގީ ގެނެސްދެމުންދާ ވެރިކަމެއްކަމަށެވެ. އަދި މިއީ އަތޮޅުތަކުގެ ތަރައްގީގެ ދުވެލި ވެސް އެންމެ ބާރު 4 އަހަރުކަމަށާއި، މާލެ ރައްޔިތުންނަށްވެސް މި ވެރިކަމުގެ ދައުރުގެ ތެރެއިން އުފާވެރިކަން ލިބިގެންދާނެކަމަށް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ރައީސް ސާލިހުގެ ސިޔާސަތުގެ ފައިދާ އެންމެންނަށް ލިބިގެންދާނެކަމަށެވެ.



ރައީސް ސާލިހުގެ ސަރުކާރުން އަތޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މި ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ފެންވަރަށް ތަރައްގީކޮށްފައިވާ ހޮސްޕިޓަލް ތަކާއި މަތީ ތައުލީމް ހާސިލު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުންވެސް ރައްޔިތުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު