ހަގީގަތް ގަބޫލުކުރާ މީހުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އިތުރު ދައުރެއް ދޭން އެއްބަސްވާނެކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް އިތުރު ދައުރެއް ދޭން ތާއީދުކުރަށްވައި އިކްރާމް ވާހަކަދައްކަވާފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޕާޓީގެ ތެރޭގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިކްރާމް ވިދާޅުވީ ތެދު، ހަގީގަތް ގަބޫލުކުރާ ކޮންމެ ދިވެހި ރައްޔިތެއް މި ދައުރުގައި ރައީސް ސާލިހު ގައުމަށް ކޮށްދެއްވި ކަންކަން ބަލައިގަންނާނެކަމަށެވެ. އަދި އިތުރު ދައުރެއް ދޭންވެސް އެ ރައްޔިތުން އެއްބަސްވާނެކަމަށް އިކްރާމް ވިދާޅުވިއެވެ.



އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ރައީސް ސާލިހުގެ އިތުރުން ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރަށްވާފައެވެ. އަދި ދެ ބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން މިހާރުވެސް ދަނީ އެކަމަށް ކެމްޕެއިން ކުރަމުންނެވެ.

މިކަމާ ގުޅިގެން ދެފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ދެފެކްޝަންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތައް ވެސް ދަނީ ބަދަލު ކުރެވެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު