ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ދާރުލްއާސާރަށް މިއަދު ހިލޭ ވަދެވޭގޮތަށް ހަމަޖައްސައިފިއެވެ.
ޤައުމީ ދާރުލްއާސާރު އާއްމުކޮށް އެންމެނަށް ހިލޭ ވަނުމަށް ހުޅުވާލާފައިވަނީ، މިއަދު ހެނދުނު، 10:00 އިން އިރުއޮއްސި 6:00 އާއި ހަމައަށެވެ.
ދާރުލްއާސާރަށް ހިލޭ ވަދެވޭނެ އިންތިޒާމް މިއަދު ހަމަޖައްސާފައިވާއިރު އެހެން ދުވަސް ދުވަހު ޤައުމީ ދާރުލްއާސާރަށް ވަންނަންޖެހޭނީ ޚާއްސަ ޓިކެޓެއް ގަނެގެންނެވެ.
އާންމުކޮށް ދާރުލްއާސާރަށް ވަނުމަށް ދިވެހި ކިޔަވާ ކުދިންނަށް ޓިކެޓް ވިއްކަނީ 15 ރުފިޔާ އަދި ބިދޭސީ ކިޔަވާ ކުދިންނަށް 31 ރުފިޔާއަށެވެ. ކުޑަކުދިންނަށް 20 ރުފިޔާ އަދި ބޮޑެތި މީހުންނަށް 25 ރުފިޔާއަށެވެ. ބިދޭސީންގެ ތެރެއިން ކުޑަކުދިންނަށް 78 ރުފިޔާ އަދި ބޮޑެތި މީހުންނަށް ޓިކެޓް ވިއްކަނީ 155 ރުފިޔާއަށެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އަދި މި ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހު ވަނީ ދާރުލްއާސާރަށް 70 އަހަރު ފުރިފައެވެ.
ދާރުލްއާސާރު މިހާރު ހިންގަމުން އަންނަ އިމާރާތަކީ ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ ތަނެކެވެ. އެ ތަން ހުޅުވާފައި ވަނީ 2010 ވަނަ އަހަރުއެވެ.

Opportunity to Visit the National Museum for FREE on 26th November 2022, 10am to 6pm.
— Maldives National Museum (@NatMuseumMV) November 23, 2022
Please come. pic.twitter.com/GKzOZAXfgt
އާންމުކޮށް ދާރުލްއާސާރަށް ވަނުމަށް ދިވެހި ކިޔަވާ ކުދިންނަށް ޓިކެޓް ވިއްކަނީ 15 ރުފިޔާ އަދި ބިދޭސީ ކިޔަވާ ކުދިންނަށް 31 ރުފިޔާއަށެވެ. ކުޑަކުދިންނަށް 20 ރުފިޔާ އަދި ބޮޑެތި މީހުންނަށް 25 ރުފިޔާއަށެވެ. ބިދޭސީންގެ ތެރެއިން ކުޑަކުދިންނަށް 78 ރުފިޔާ އަދި ބޮޑެތި މީހުންނަށް ޓިކެޓް ވިއްކަނީ 155 ރުފިޔާއަށެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އަދި މި ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހު ވަނީ ދާރުލްއާސާރަށް 70 އަހަރު ފުރިފައެވެ.
ދާރުލްއާސާރު މިހާރު ހިންގަމުން އަންނަ އިމާރާތަކީ ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ ތަނެކެވެ. އެ ތަން ހުޅުވާފައި ވަނީ 2010 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ހިޔާލު