ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހާއްސަ ސިޓީފުޅެއް ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދަށް އަރުވައިފިއެވެ.
ރައީސް ސާލިހުގެ ހާއްސަ ސިޓީފުޅު ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދަށް އަރުވާފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ޝާހިދު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅަކީ ރައީސް ސާލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ އިއްޔެ އެ ގައުމުގެ ފޮރިން މިނިސްޓަރ މުހައްމަދު ބިން ޒައިދުއާ ބައްދަލުކުރައްވާފައެވެ.
ޔޫއޭއީގެ ހާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހާއްސަ ސިޓީފުޅެއް ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދަށް ރައްދުކޮށްދެއްވުމަށް ފޮރިން މިނިސްޓަރަށް އަރުވާފައެވެ.
ޝާހިދު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އަބޫދާބީ ފަންޑުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލް ސުވައިދީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ޝާހިދު ވިދާޅުވީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލް ސުވައިދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މިހާރު ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.
އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އެ ފަންޑުގެ ދަށުން އިންފްރާސްޓްރަކްޗަރގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު ފައިސާގެ ބޮޑެތި އެހީތަކެއްވެސް ރާއްޖެއަށް ފޯރުކޮށްދެއެވެ.
އަބޫދާބީ ފަންޑުން ރާއްޖެއަށް އެހީ ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ތިމާވެށި، ސިއްހަތު، ތައުލީމީ، އަދި އުމްރާނީ ތަރައްޤީގެ އެކިއެކި މަސައްކަތްތައް ހިމެނެއެވެ.

It was an honour to meet the distinguished Foreign Minister of #UAE H.H. @ABZayed, as Special Envoy of President @ibusolih, and handover a Letter to President of #UAE H.H @MohamedBinZayed.@MoFAICUAE @ofmuae pic.twitter.com/1oDvtCBGx2
— Abdulla Shahid (@abdulla_shahid) November 26, 2022
ޝާހިދު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އަބޫދާބީ ފަންޑުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލް ސުވައިދީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ޝާހިދު ވިދާޅުވީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލް ސުވައިދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މިހާރު ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.
އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އެ ފަންޑުގެ ދަށުން އިންފްރާސްޓްރަކްޗަރގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު ފައިސާގެ ބޮޑެތި އެހީތަކެއްވެސް ރާއްޖެއަށް ފޯރުކޮށްދެއެވެ.
އަބޫދާބީ ފަންޑުން ރާއްޖެއަށް އެހީ ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ތިމާވެށި، ސިއްހަތު، ތައުލީމީ، އަދި އުމްރާނީ ތަރައްޤީގެ އެކިއެކި މަސައްކަތްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު