ހުޅުމާލޭގެ ކެފޭއެއްގައި ބޮމެއްް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭ ބީޗް ސައިޑްގައި ހުންނަ ކެފޭއެއްގައި ބޮމެެއް އޮތްކަމަށް ބުނެ މީހަކު ދިން އިންޒާރާއެކު އެކެފޭ ވަގުތީ ގޮތުން ބަންދުކޮށް މީހުން ވަނީ ހުސްކޮށްފައެވެ. އަދި ބޮމުގެ އިންޒާރު ދިން މީހާ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ހައްޔަރުކޮށްފައެެވެ.
މިމައްސަލަ އާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަދި އެއްޗެއް ނުބުނެއެވެ. މީޑީޔާއަށް މައުލޫމާތު ދެމުން ބީޗް ކްލަބްގެ ވެރިފަރާތުން ބުނީ ބޮން އޮތް ކަމަށް ބުނީ އިންޒާރު ދިން މީހާ ގެންގުޅުނު ކަޅު ދަބަހެއްގައި ކަމަށާއި އެ ދަބަސް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު