އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ފޮޓޯ މިހާރު
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ފޮޓޯ މިހާރު
ހަގީގީ ތަރައްގީއަކީ އިންސާނީ ވަސީލަތް ބިނާކުރުމުގެ ތަރައްގީ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. ޑީޑީ މިހެން ވިދާޅުވީ މިސަރުކާރުގެ ހިލޭ ޑިގްރީގެ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު 15،000 އިން މައްޗަށް އެރުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެެވެ. އެކަމާ ގުޅިގެން އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ، ހަގީގީ ތަރައްގީ އަކީ އިންސާނީ ވަސީލަތް ބިނާކުރުމުގެ ތަރައްގީ ކަމަށެވެ.

ސަރުކާރުގެ ހަރަދުގައި 15000 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުން އެކަމުން އަންގައިދެނީ ދައުލަތަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބޭކަންކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.



ރައީސް ސާލިޙުގެ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމްގައި ކިޔަވާ ދަރިވަރުންގެ އަދަދު 15000 އަށް އަރާފައިވާއިރު އޭގެތެރޭގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން ހިމެނޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ސަރުކާރުގެ ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 5،163 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމަކީ ރައީސް ސާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.



ކިޔުންތެރިންގެ ހިޔާލު