މާލޭ ސިޓީގައި މިހާރު ފަށާފައިވާ މިނީ ބަހުގެ ޚިދުމަތަކީ ތަރައްގީގެ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގައި އެމްޓީސީސީން ދެމުންދާ މިނީބަހުގެ ޚިދުމަތާއި ގުޅިގެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ވިދާޅުވީ އެ ޚިދުމަތަކީ ދިގުމުއްދަތަކަށް މާލޭ ސިޓީގައި ކުރެެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މިނީ ބަސް ދަތުރަށް ފައިސާ ދެއްކުމުގައި ވަރަށް ލުއިފަސޭހަ އިންތިޒާމެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.





"މި ޚިދުމަތް ފުޅާވެގެން ދިއުމުން، މާލޭގައި ވެހިކަލް މަދުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެނައުން މުހިއްމު." މާލޭގައި ދުއްވާއެއްޗެހި ގިނަވެފައިވާތީ އެކަން ހައްލު ކުރުމުގެ މުހިންމުކަން ފާހަގަކުރަށްވަމުން ހަމްދާން ވިދާޅުވިއެވެ.



މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓްމިނިސްޓްރީއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން ވަނީ އެކަމަށް ބޭނުންވާ 36 ބަސް މިހާރު ރާއްޖެ ގެނެސް ޚިދުމަތް ފަށައިފައެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި 18 ބަސް ބޭނުން ކުރެއެެވެ. އޭގެ ތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ ހުންނަ ބަސްތަކަށް ވާއިރު މިނީ ބަސްތަކުގައި 20 ނުވަތަ 22 މީހުންނަށް އިށީދިގެން އަދި 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެެ. މިނީ ބަސް ދަތުރަކަށް މީހަކަށް 7 ރުފިޔާގެ ފީއެއް ނަގައެވެ.



ކިޔުންތެރިންގެ ހިޔާލު