އަބޫދާބީ ފަންޑުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލް ސުވައިދީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ޝާހިދު ވިދާޅުވީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލް ސުވައިދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މިހާރު ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.



އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އެ ފަންޑުގެ ދަށުން އިންފްރާސްޓްރަކްޗަރގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު ފައިސާގެ ބޮޑެތި އެހީތަކެއްވެސް ރާއްޖެއަށް ފޯރުކޮށްދެއެވެ.

އަބޫދާބީ ފަންޑުން ރާއްޖެއަށް އެހީ ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ތިމާވެށި، ސިއްހަތު، ތައުލީމީ، އަދި އުމްރާނީ ތަރައްޤީގެ އެކިއެކި މަސައްކަތްތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު