މާލެއާއި އައްޑޫއާއި ބައެއް އެހެން ރަށްރަށުގައި މިފަހުން ސަލާމަތީ ހިދުމަތްތަކުން ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަނުގައި ނާކާމިޔާބު ކޮށްލާފައިވަނީ މިހާތަނަށް ރޭވި އެންމެ ނުރައްކާތެރި އެއް ރޭވުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމް.އެން.ޑީ.އެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އައްޑޫ ސިޓީ ގަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ އައްޑޫ ސިޓީއާއި މާލޭ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.
މާރިޔާ ވިދާޅުވީ، އެ އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބުކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށެވެ. އަދި މިފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ، ހަމައެކަނި އެކަމަށް ހުސްވެގެންތިބެ ކެނޑިނޭޅި އެ މަސައްކަތް ކުރާ ބަޔަކު އެބައުޅޭ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ރާއްޖެފަދަ ކުޑަ، ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިޤްތިޞާދެއް އޮތް ޤައުމެއްގައި، މިފަދަ ޙާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމެއްކަމަށެވެ. އަދި މިފަދަ ނޭއްގާނީ ވިސްނުމުގެ މީހުން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބަރ ނުވަތަ އިންފޮމޭޝަން ޑޮމޭންގައިކަމަށާއި ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންޤިލާބީ ބަދަލުތަކުގެ ސަބަބުން މިފަދަ ޙަރަކާތްތައް ހިންގުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުޞަތު އިތުރުވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ބަދަލުވުމަށް މިނިސްޓަރ މާރިޔާ ގޮވާލެއްވިއެވެ.
އައްޑޫ ސިޓީއާއި މާލޭ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވިދާޅުވިގޮތުގައި އެމީހުން އުޅުނީ ބާރުގަދަ ގޮއްވުމެއް ގޮއްވާލަންށެވެ. އަދި ރާވާފައިވާ ހަމަލާއަކީ އެތައް ބައެއްގެ ފުރާނަ ގެއްލިދާނެ ވަރުގެ ބޮޑު ހަމަލާއެއްކަމަށާއި، އޭގެތެރެއިން އެކެއްގެ ގެއިން ގޮވާޒާތު ކެމިކަލްވެސް ފެނިފައިވާކަން ހާމަކޮށްފައިވެއެވެ.

“The public @MNDF_Official serves see the soldiers as potent warriors, able life-savers, first aiders, brave fire fighters and above all, dedicated professionals. Southern Area Command has exemplified these qualities during its long history” @MNDF_Official pic.twitter.com/Df27IaE5Me
— Ministry of Defence (@MoDmv) November 25, 2022
މާރިޔާ ވިދާޅުވީ، ރާއްޖެފަދަ ކުޑަ، ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިޤްތިޞާދެއް އޮތް ޤައުމެއްގައި، މިފަދަ ޙާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމެއްކަމަށެވެ. އަދި މިފަދަ ނޭއްގާނީ ވިސްނުމުގެ މީހުން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބަރ ނުވަތަ އިންފޮމޭޝަން ޑޮމޭންގައިކަމަށާއި ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންޤިލާބީ ބަދަލުތަކުގެ ސަބަބުން މިފަދަ ޙަރަކާތްތައް ހިންގުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުޞަތު އިތުރުވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ބަދަލުވުމަށް މިނިސްޓަރ މާރިޔާ ގޮވާލެއްވިއެވެ.
އައްޑޫ ސިޓީއާއި މާލޭ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވިދާޅުވިގޮތުގައި އެމީހުން އުޅުނީ ބާރުގަދަ ގޮއްވުމެއް ގޮއްވާލަންށެވެ. އަދި ރާވާފައިވާ ހަމަލާއަކީ އެތައް ބައެއްގެ ފުރާނަ ގެއްލިދާނެ ވަރުގެ ބޮޑު ހަމަލާއެއްކަމަށާއި، އޭގެތެރެއިން އެކެއްގެ ގެއިން ގޮވާޒާތު ކެމިކަލްވެސް ފެނިފައިވާކަން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު