ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލް "މާލެ ޓީޓީ ހޯލް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.
މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު ހުޅުވި ޖާގައިގެ ގޮތުން ތަނަވަސް ޓީޓީ ހޯލްގައި ބާރަ ޓީޓީމޭޒު ހިމެނެއެވެ.
މި ސަރުކާރުން 2021 ވަނަ އަހަރު ހުޅުމާލޭގައި ވެސް ވަނީ ޓީޓީ ހޯލެއް ހުޅުވާފައެވެ. އަދި މިއަހަރު ފުވައްމުލައް ސިޓީގައިވެސް ޓީޓީ ހޯލެއް ހުޅުވާފައި ވެއެވެ.
ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ވަސީލަތްތައް އިތުރުކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުން ފުރުސަތުތައް އިތުރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިހާތަނަށް ބައިނަލްއަގުވާމީ ތަފާތު އެތައް ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބާއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު