ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ހެޑްކުއާޓަރުގައި ހިދުމަތް ކުރާ ފުރަތަަމަ ދިވެހި ފުލުހަކަށް ޗީފް އިންސްޕެކްޓަރު ރިލްވާން ޝަރީފް ކަނޑައަޅައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިންޓަޕޯލް ހެޑްކުއާޓަރުގައި ހިދުމަތް ކުރާ ފުރަތަަމަ ދިވެހި ފުލުހަކަށް ޗީފް އިންސްޕެކްޓަރު ރިލްވާން ޝަރީފް ހަމަޖައްސައި، އެކަމުގެ ލިޔުން މިއަދު އޭނާއާ ހަވާލުކޮށްފައިވާކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ ޗީފް އިންސްޕެކްޓަރ ރިލްވާން ޝަރީފް އިންޓަރޕޯލްގައި މަސައްކަތްކުރައްވާނީ 1 ޑިސެމްބަރުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށެވެ.



ޗީފް އިންސްޕެކްޓަރ ރިލްވާން ޝަރީފް އިންޓަރޕޯލްގައި މަސައްކަތްކުރައްވާނީ ފައިނޭންޝަލް ކްރައިމް އާއި އެންޓި ކޮރަޕްޝަން ސެންޓަރުގައެވެ.

މިއީ ތާރީހުގައިވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރަކަށް އިންޓަޕޯލްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން