އާސަންދައާއި އެންސްޕާއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް "ވިރަ"ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.

މިސެންޓަރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލްއާއި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީއެވެ.

އަމީނީ މަގުގެ ފެން ބިލްޑިންގެ ނިކަގަސްމަގަށްވާ ފަޅީގައި ޤާއިމުކޮށްފައިވާ 'ވިރަ' ސެންޓަރުގެ އިތުރުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ޚާއްސަ ކައުންޓަރުތަކުން މިޚިދުމަތައް ލިބެން ހުންނާނެކަމަށް އާސަންދައިން ބުނެއެވެ.



ބޭސްފަރުވާގެ ކަންކަމާއި ގުޅިގެން ދައުލަތުން އެހީއަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ ހުރިހާ މަޢުލޫމާތެއް "ވިރަ" ސެންޓަރުން ލިބެން ހުންނާނެކަމަށް އަސަންދައިން ބުނެއެވެ.

އާސަންދަ ކުންފުނިން ބުނީ ކުރިއަށް އޮތްތަނުގައި އޭޑީކޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް މިޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ. ޚިދުމަތްތައް ހޯދުމަށް އެދޭނެގޮތާއި އޭގެފަހުން ކަންކުރަންވީގޮތުގެ އިރުޝާދުވެސް މިސެންޓަރުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ވިރަ" ސެންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ހަމައަށް ޚިދުމަތް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން