ގްރޭޓަރ މާލޭ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭގޮތުން އެ ސްކޫލުތަކުގެ ހެލްތު އޮފިސަރުންނަށް، އެޑިޔުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފުން ގުޅިގެން ޕްރޮގްރާމެއް ފަށައިފިއެވެ.

އިއްޔެއާއި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، މާލޭ ސަރަހައްދުގެ ޕްރައިމަރީ ސްކޫލުތަކުން 40 ހެލްތު އޮފިސަރުން ބައިވެރިވެއެވެ. މީގެ އިތުރުން ކުރިމަގުގައި އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޕްރައިމަރީ ސްކޫލުތަކުގެ ހެލްތު އޮފިސަރުން ހެލްތު ސްކްރީން ކުރުމަށް ތަމްރީނު ކުރުމަށް ޓަކައި އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ދަރިވަރުން ހެލްތު ސްކްރީން ކުރުމުގެ މުހިންމުކަމާއި އަދި ދަރިވަރުން ހެލްތު ސްކްރީން ކުރުމުގައި ބަލަންޖެހޭ މުހިންމު ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ބައިތަކުގެ އަމަލީ މަސައްކަތް ހިންގާނެ ގޮތްތައް ވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމުގައި، ދަރިވަރުން ހެލްތު ސްކްރީން ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން