އަހުމަދު މަސްނޫމް   24 ނޮވެމްބަރު 2022 - 14:51
އައްޑޫގައި އޮތް 2 ރިސޯޓްގެ ކުލި ސަރުކާރުން ކުޑަކޮށްފިއެވެ.

އައްޑޫ ސިޓީގެ ޝަންގްރިއްލާއާއި ހެރެތެރޭގެ ކުލި ކުޑަކޮށްފައިވާކަން ހާމަކުރީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައެވެ.

ނިހާދު ވިދާޅުވީ އައްޑޫ ސިޓީގެ ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓް ބަންދުކުރަންޖެހުނީ އެތަނުގެ ކުލި އެންމެ 3 ލައްކަ ޑޮލަރުގައި އޮއްވާ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގެ ކުލި 2 މިލިއަން ޑޮލަރަށް ބޮޑުކުރުމުންކަމަށެވެ.



ނަމަވެސް ރައްޔިތުންގެ ހައްގުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ އަނެއްކާވެސް ބޮޑު ތަނުން ކުލި ކުޑަކޮށްދީފައިކަމަށް ނިހާދު ވިދާޅުވިއެވެ. ނަމަވެސް ކުލި ކުޑަކުރި މިންވަރެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ނުކުރާކަމަށް އެ ސިޓީގެ ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ބިން ހިއްކައިގެން އިތުރު ރިސޯޓްތައް ތަރައްގީ ކުރުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ނުރަބޯ

26-Nov-2022

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ވޯޓުދިން މުޖުރިމެއް މިމީހާ އަކީ.


4

މޫސާހަލީލު ކެތި

25-Nov-2022

މިކަހަލަ ބޯގަޅިން މެމްބަރކަމައް ހޮވީމާ ވާނެ އެތި މިވަނީ ރިސޯޓް ކުލި ކުރަނީ ކުޑަ ދެންމިކުރާ ކަމަކީ ނިކަމެތި ރަޢޔަތު މީހާ ފެލަނީ ޔާﷲ މިބަލާވެރި ކަމުންމިންޖު ކުރައްވައި ފާދޭވެ އާމީން ’


0

މޫސާހަލީލު ކެތި

25-Nov-2022

މިކަހަލަ ބޯގަޅިން މެމްބަރކަމައް ހޮވީމާ ވާނެ އެތި މިވަނީ ރިސޯޓް ކުލި ކުރަނީ ކުޑަ ދެންމިކުރާ ކަމަކީ ނިކަމެތި ރަޢޔަތު މީހާ ފެލަނީ ޔާﷲ މިބަލާވެރި ކަމުންމިންޖު ކުރައްވައި ފާދޭވެ އާމީން ’



ޓްރެންޑިން