ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ދެކޮޅުހަދާނެ އެއްވެސް މީހަކު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ މި ސަރުކާރާއި ރައީސް ޞާލިޙަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޝަރީފް ވިދާޅުވީީ، މިއަދު މި ދެކެނީ ހުވަފެނުންވެސް ނުދެކޭފަދަ ތަރައްގީގެ ރަންޒަމާނެއް ކަމަށެވެ. އަދި މިފަދަ ދުވަހެއް ފެނުނީ ރައީސް ޞާލިޙްގެ ދުރުވިސްނޭ ހިކުމަތްތެރިކަމުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، މިތިބީ ރައީސް ޞާލިޙަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން ތައްޔާރަށް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެކަން ވާނެ ކަމަށާއި އެއީ އެންމެންގެވެސް އުންމީދު ކަމަށާއި އެއްވެސް ދިވެއްސަކު މިކަމާ ދެކޮޅު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

”ދެވަނަ ދައުރަކަށް ގެންނަން އަޅުގަނޑުމެން ބޭނުން. އެއީ އަޅުގަނޑުމެންގެ އެންމެ އުންމީދު އިނގޭތޯ. އެކަން އިރާދަކުރެއްވިއްޔާ ވާނެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ދިވެއްސަކު މިކަމާ ދެކޮޅެއް ނަހަދާނެ.“ ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މުންޖިޗޭ

25-Nov-2022

ކުޑަގޮހޮރޭ ބޮޑުގޮހޮރޭ ނުކިޔާތި. ތިމަންނާއޭބުނޭ. ގޯނިފުލަށްލައި ދޯކާދޭ ވައްތަރު ވަރަށް އެބަޖަހާ. މަނިކުފާނު ވަރެއްނެތޭ، މަކުނުފާނު އެއްވަނައޭ ކިޔާ ބައްދާލައިގެން ނާޖާއިޒުމަންފާނަގަން އުޅޭ މީހުން ތިގޮތަށް ޘަނާކިޔާނީ. ޙަޤީގަތަށާ ވާހަކަދައްކައިގެން ނޫނީ ރައްޔިތުންގެ ޙައްޤުރައްކާތެރިއެއް ނުކުރެވޭނެ. ވާވައްދައިގެން މުޅިންވެސް ގެއްލުން ލިބޭނީ.


9

މިއަދު

25-Nov-2022

ޜރައިސްސާލިހުއަށް 2 ވަނަދުރެއްދޭންބޭނުންވަަހަމައެކަކުވެސް މިގައުމަކު މިހަަރަކުނެތް ޚޮދުޝޜިިފުވެސް ބޭނުމެއްނުވަަނެ



ޓްރެންޑިން