ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ޕްރައިވެޓް ބީޗެއްގެ ގޮތުގައި، ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗް ފަތުރުވެރިންނަށް ހާއްސަ ކޮށްގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއީ މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލްގެ އެދިވަޑައިގެންނެވުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމަށް ނިންމި ނިންމުމެއްކަމަށްވެސް އެކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެއްކަމުން، މި ފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމުކަމަކަން އެޗްޑީސީން ފާހަގަކުރެއެވެ. އެގޮތުން ގެސްޓް ހައުސްތަކަށް މިފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
އެޗްޑީސީން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު