ގޭންގުތައް މައިތިރިކުރަން ޓޭޒަރ ގަން ހިފައިގެން ފުލުހުން ނިކުންނާނެކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ޙަމީދު ވިދާޅުވީ ގޭންގްތައް މައިތިރިކުރުމަށް ވަރަށްއަވަހަށް އިތުރު ފުލުހުންނާއެކު މަގުތަކުގައި ޙަރަކާތްތެރިވާން ފަށާނެ ކަމަށެވެ. އަދި އެގޮތަށް ޙަރާކާތްތެރިވާ ފުލުހުން ޓޭޒަރ ގަން ގެންގުޅޭނެ ކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.

ޙަމީދު މިއަދު ވިދާޅުވީ ފުލުހުންގެ ހިދުމަތާ ގުޅުމަށް ފުރުސަތު ދިނުމުގެ ކުރިން ކޮންމެ މީހަކުވެސް ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގައި ތިބުން ރަނގަޅު ނޫން ކަމަށް ފާހަގަވި 82 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަކީ ފުލުހުންގެ އޮޕަރޭޝަންތަކުގައި މިއަހަރު ވެސް އަދި އަންނަ އަހަރުވެސް އެންމެ އިސްކަން ދޭނެ ކަންތައް ކަމަށް ހަމީދު ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 562 އޮޕަރޭޝަނެއްގައި ގިނަޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ޙަމީދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވެސް ވިދާޅުވީ މި ސަރުކާރުގެ މިދިޔަ ހަތަރު އަހަރު ތެރޭ 1.6 ޓަނުގެ ޑުރަގް އަތުލައިގެންފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން