55 މެމްބަރުންގެ ވޯޓުން އަންނަ ޖެނުއަރީ ފުރަތަމަ ދުވަހުންފެށިގެން ޓެކްސް ރޭޓުތައް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް ހުށަހެޅި ގޮތަށް ބަދަލެއް ނުގެނަސް ފާސްކޮށްފައިވަނީ މިއަދުއެވެ.

މިބިލަކީ މީގެ ކުރިން ކޯރަމް ހަމަވާވަރަށް މެންބަރުން ޙާޟިރުނުވާކަމަށް ބުނެ ވޯޓަށް ނޭހުމާގުޅިގެން މަޖިލީހުގެ ރިޔާސަތާއި މެންބަރުންނާދެމެދު ޚިޔާލު ތަފާތުވުންތައް ބޮޑުވި ބިލެވެ.

މިއަދު ބިލު ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރުމަށް ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓުދެއްވާފައިވެއެވެ. ބިލް ފާސްކުރުމަށް ނުފެންނަކަމަށް އެމްޑީޕީގެ 14 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން