ސަރުކާރުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ޓެކްސް ބޮޑު ކުރުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއާއި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑައިރެކްޓަރު ފާރިސް ހަދާދް ޒާވޯސް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ބައެއް ޓެކްސްތައް ބޮޑުކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން މީސް މީޑީއާގައި މިއަދު ފާރިސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައިވާތީ ރާއްޖޭގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފް ޕޭމަންޓު ދަށްވެފައިވާ ކަމަށެވެ.

އެހެންކަމުން ޓެކްސް ބޮޑު ކުރުމަކީ ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށް ފާރިސް ވިދާޅުވިއެވެ.

"ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމުގެ ސަބަބުން ރާއްޖޭގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފް ޕޭމަންޓު ދަށްވެއްޖެ. އަވަހަށް ޓެކްސް ބޮޑު ކުރުމަކީ މާނަވީގޮތުން އާމްދަނީ އިތުރު ކުރަން އެޅޭނެ ފިޔަވަޅެއް،" ފާރިސް މިއަދު ވިދާޅުވިއެވެ.

ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން