ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރަން ކުވެއިތު ފަންޑާއެކު 9.7 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި ކުވެއިތު ފަންޑްގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރްއެވެ.
މިއީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ "ތ. ވޭމަންޑޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް ޕްރޮޖެކްޓް" ހިންގުމަށް ދިވެހި ސަރުކާރާއި ކުވެއިތު ފަންޑާްއެކު ވެވުނު ޖުމްލަ ތިން މިލިއަން ކުވައިތީ ދީނާރުގެ ލޯނު އެއްބަސްވުމެކެވެ. މިއީ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ތ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. މިގޮތުން، ލާމަރުކަޒީ އުޞޫލުން ސެކަންޑަރީ ފެންވަރުގެ ސިއްހީ ހިދުމަތް އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމަށް މަގުފަހިވެ، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހިނގާ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވަނީ، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުވައިތު ފަންޑުން ވެދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގި ކޮންމެ މަޝްރޫއަކާއި އައު ޓާމިނަލްގެ ބިޔަ މަޝްރޫއުއާއި، ފުވައްމުލަކު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފަދަ ގައުމީ މުހިންމު މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު