ގދ. ފަރެސްމާތޮޑާގެ 14 މޭލު ބޭރުން މުދާ އުފުލާ ބާޖެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ގދ.ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާއިއެކު ދަތުރުކުރަމުން ދިޔަ "ލިއޯ ސަކްސަސް"ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއްގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ބައްޑުންޖަހާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެޙާދިސާގައި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި އެކަކު ގެއްލިގެން އެމީހާ ހޯދުމަށް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މިހާރު ހަރަކާތްތެރިވާންފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ލޭންޑިންގ ކްރާފްޓުން ދަތުރުކުރި މީހުން ސަލާމަތްކުރީ ވާދޫ ސީވީޑް ދޯނިން ކަމަށެވެ. އަދި އެސަރަޙައްދުގައި ސިފައިންނާއި ފުލުހުން ޙަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އާރުބިންޔޫސުފް

13-Nov-2022

ކޮބާސަލާމަތީ ސގެޝަރުތުތައް އިމަޖެންސީ ޕަންޕު ވެސް ނެތުމާއެކު ކުފޫހަމަވާ ކައްޕިއެއް ހުރިނަމަ އެވަރު އެއްޗެއްގެ ލައިފް އޮފް ބޯޔަލްސީ ގެއްލި އެވަރު އެއްޗެއްގެ ބެލެންސު ކެޓީމަ ރަނގަޅު ނުކުރެވޭނަމަ އެހެންފަރާތެއްގެ އެހީ އިމަޖެންސީކޮށް ހޯދަން މަޖްބޫރުވާނެ:ކީއްކުރާނީ.ކޮންކަމެއް ސަލާމަތުން އޮތީ ސަލާމަތީ ހެއްދުމާ ލައިސަންސް ހެދުމުގައިވެސް ކޮރަޕްސަން މީހުނާ ތަކެއްޗައް ސަލާމަތެއްނެއް:



ޓްރެންޑިން