ރައީސް ކުރިއަށްދަނީ ސިޔާސީ ވެރިންދޭ ރައްދުތަކަށް ބެލުމެއްނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ވެރިކަމަށް 4 އަހަރު ފުރުމާ ގުޅިގެން މޫސާ މަނިކު މިއަދު ވިދާޅުވީ ރައީސްގެ 5 އަހަރުގެ ދައުރުގެ ފަހު އަހަރަށް ފެށިފައިވަނީ ކެތްތެރިކަމާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެގޮތުން ރައީސް ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޛުކުރަށްވަމުން ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ރައީސްގެ ކާމިޔާބުގެ އެންމެބޮޑު ސިއްރަކީ ވަކިރަށެއް ބާކީނުކޮށް މުޅިރާއްޖެއަށް ތަރައްޤީ ގެންނަމުން ގެންދެވުން ކަމަށެވެ. އޭގެ އިތުރުން ކޯވިޑުން އަރައިގަތުމަށް ކުރެއްވި މަސައްކަތް މޫސަ ފާހަގަކުރެއްވިއެވެ.

“ރައީސް ޞާލިޙްގެ ވެރިކަން ކޮވިޑްގެ ދައްޗާ ތުރާލާއެކު އެތެރެއާބޭރުން ސިޔާސީ ވެރިންދޭ ރައްދުތަކަށް ބެލުމެއްނެތި ކުރިޔަށް” ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.



ރައީސް ޞާލިޙްގެ ވެރިކަމުގެ ފަހު އަހަރު ފެށިފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމާއި، މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމުން ގުޅާލުމުގެ މަސައްކަތްގެންދަވަނީ ކުރަށްވަމުންނެވެ.

މީގެއިތުރުން ވަކި ރަށެއް ބާކީ ކުރުމެއްނެތި ރަށްރަށުގައި އުމްރާނީ، ސިއްހީ، އިޖުތިމާއި އަދި ކުޅިވަރާއި ބޯހިޔާވަހިކަމުގެ ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގެވުމާއި ތިލަމާލެ ނުވަތަ ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫޢާއި މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ހޮރެން.

13-Nov-2022

ތިޔަ ބޭފުޅާދެން މާބޮޑަށް ކުރީސަފަށް އަރަން ނުހަދާ! މިހާރު މިއޮތް ތާއޯދެއްވެސް ގެއްލޭގޮތްވަނީމި އެކަމާހެދި.



ޓްރެންޑިން