ރައީސް ނަޝީދު މަޖިލީހުގެ މެމްބަރުކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

ރައީސް ނަޝީދު މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ.

ތޯލިބްގެ މައްސަލާގައިވަނީ ކޮޕް27 ސަމިޓުގައި ރައީސް ނަޝީދު ސްރީލަންކާ ތަމްސީލުކުރުމަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޒިންމާތަކާ ޝަރުތުތަކާ ހިލާފު އަމަލެއްކަމަށެވެ.

އަދި ޤާނޫނު އަސާސީގައި މެންބަރުން އަމަލުކުރަންވާނީ ގައުމީީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށާއި އެއްވެސް މެންބަރަކު އެމީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމު ބޭނުންކޮށްގެން ނުވާނެ ކަމަށް ތޯލިބްގެ މައްސަލާގައިވެއެވެ.

އެހެންކަމުން ރައީސް ނަޝީދުގެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މެންބަރު ކަމުގެ ގާނޫނީ ޝަރުއީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށް ތާލިބް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

މި މައްސަލަ މިހާތަނަށް ސުޕްރީމް ކޯޓަށް ބަލައިގެންފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު