ސަރުކާރުގެ ސިއްޙީ އޮނިގަނޑުގެތެރެއިން ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް ހުށައަޅައިފިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒް ހުށައެޅުއްވި މި ޤަރާރުގައި ވަނީ ރާއްޖޭގައި ނަފުސާނީ ސިއްހަތުގެ ފަރުވާ ދިނުމާ ބެހޭ ހަރުދަނާ އޮނިގަނޑެއް ނެތްކަމަށާއި އެހެންކަމުން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނަ ގޮތެއްގައި ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހަމައެއާއެކު އާބާދީއާ އެކަށޭނަ މިންވަރަށް ނަފްސާނީ ފަރުވާގެ ހިދުމަތްތައް ލިބެން ނެތުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ. އަދި މި ބައްޔަށް ފަރުވާދޭ ތަންތަން ރާއްޖޭގައި މަދު ކަމަށާއި އަަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި އެފަދަ އެއްވެސް ހިދުމަތެއް ލިބެން ނެތް ކަމަށްވެސް ގަރާރުގައިވެ އެވެ.

ޢަބްދުالله ރިޔާޒް ހުށައެޅުއްވި މި ޤަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން