ޓެކްސް ނަގައިގެން އިތުރުވާ ޢާމްދަނީން ރައީސް ޞާލިޙް ވައްކަން ނުކުރަށްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހާއި ގުޅިގެން ދަޢުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ސިޔާސީ ފަރާތްތަކުން ޓެކްސް ބޮޑުކުރުމާއި ދެކޮޅު ހަދަނީ ސިޔާސީ މަޤްސަދެއްގައި ކަމަށެވެ. އޭގެ އިތުރުން ޓެކްސް ބޮޑުކޮށްގެން އިތުރުވާ ޢާމްދަނީއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ޚިޔާނާތްތެރިނުވާނެކަން ހުރިހާ ސިޔާސީ ބޭފުޅުންވެސް ޤަބޫލުކުރަށްވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސް ބޮޑުކުރުމަށް ހުށައަޅާފައިވާއިރު އޭގެތެރެއިން 85 އިންސައްތަ އަކީ ރާއްޖެއަށް އަންނަ ފަތުރުވެރިޔާގެ އަތުންނަގާ ޓެކުހެއް ކަމަށް ޝިފާއު ވިދާޅުވިއެވެ. އޭގެ އިތުރުން ޓީޖީއެސްޓީގެ 90 އިންސައްތަ ދައްކާނީ ރިސޯޓުތަކުން ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ބޭނުންކުރާނީ ނިކަމެތި ރައްޔިތުމީހާގެ ޙާލަތު ބަދަލުކުރުމަށް ކަމަށެވެ. އަދި އެކަމަކީ ވާދަވެރި ސިޔާސީ ފަރާތްތަކަށް ބަލައިގަންނަށް ފަސޭހަކަމަކަށް ނުވާނެކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

"ރަށްރަށުގައި ތިބި ނިކަމެތި ރައްޔިތުން ޤަބޫލުކުރޭ މިފަރާތްތަކުގެ އަތުން ޓެކްސް ނަގައިގެން އެބޭފުޅުންނަށް ބޭނުންވާ ސާފުބޯފެން އަޅުގަނޑުމެން ފޯރުކޮށްދޭން ޖެހޭނެކަން. މި ފަރާތްތަކުން ޓެކްސް ނަގައިގެން އެބޭފުޅުންގެ ދަރިންނަށް ތަޢުލީމު އަޅުގަނޑުމެން ފޯރުކޮށްދޭން ޖެހޭކަން ޤަބޫލުކުރޭ." ޝިފާޢު ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ޓެކުހާމެދު އޮތް ޚިޔާލުތަފާތުވުމަކީ ސިޔާސީ ފަރާތްތަކުގެ މެދުގައި އޮތް ޚިޔާލުތަފާތުވުމެއް ކަމަށެވެ. އަދި އެކަން ގުޅިފައިވަނީ 2023ގެ ރިޔާސީ އިންތިޚާބާ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޢަހު

06-Nov-2022

ކިހާވަރަކަށް ކުރީމަ ކުރިކަމަށް ވަނީ ކަލޭމެން ވެިކަމަށް ވަގަށް އެރި ފަހުން މިގައުމުގަ ނުހިނގަނީ ކޮން ނުބައިކަމެއް ހުރިހާ ވަބާއެއް ފާޅުވެއްޖެ އެއިން މީހަކަށް އަދަބެއް ނުދެވޭ މައްސަލައެއް ނުބެލޭ ރުހޭ މީހާ ފިނި ކޮޓަރީގަ ނުރުހޭ މީހާ ޖަލުގަ ކޮބަ އިންސާފަކީ


-1

ޢަހު

06-Nov-2022

ކިހާވަރަކަށް ކުރީމަ ކުރިކަމަށް ވަނީ ކަލޭމެން ވެިކަމަށް ވަގަށް އެރި ފަހުން މިގައުމުގަ ނުހިނގަނީ ކޮން ނުބައިކަމެއް ހުރިހާ ވަބާއެއް ފާޅުވެއްޖެ އެއިން މީހަކަށް އަދަބެއް ނުދެވޭ މައްސަލައެއް ނުބެލޭ ރުހޭ މީހާ ފިނި ކޮޓަރީގަ ނުރުހޭ މީހާ ޖަލުގަ ކޮބަ އިންސާފަކީ


-1

ސައުސަން

06-Nov-2022

ދިވެހިރައްޔަތުން ގަބޫލް ކުރޭ ރައީސް ސާލިހް އަކީ މިހާތަނަށް ދިވެހިތާރިހު ދެކެފައިވާ އެއްމެ އިހުލާސްތެރި ހިކުމަތްތެރި ރައީސް ކަމަށް ސޯލިހް އަކީ ގައުމު ތަރައްގީކުރުމުގައި ބަސްމަދު އަމަލު ގިނަބޭފުޅެއް


-1

ހަސަނު

06-Nov-2022

ޝިފާއު އެބުނީ ވަރަށް ރަނގަޅުވާހަކަ އެއް ސާލިހުގެ އެކައުންޓަކަށް 1 މިލިޔަން ޑޮލަރެއް ޖަމާއެއް ނުވާނެ ސާލިހު ގެ ގެކޮަަޅެއް 15 ބުރިޔަކށް ނުހިއްލޭަނެ .ހުވާ މަހިތައްއަރާ އިދިކޮޅުގަ އެތިބަ ދައުލަތްދަވާލި ބައިގަނޑު ގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީތާއޭ


3

މުންޖިޗޭ

06-Nov-2022

އަލަމްގިރިއަށް ޚަރަދުކުރަން މިވެރިންގެ ޢާއިލާއަށް ދޭނީ!


-6

ޜައްޔިތުމީހާ

04-Nov-2022

މިހާރު ވައްކަން ކުރާޥާހަކަ ދޯ



ޓްރެންޑިން