ނޮވެމްބަރ 3 ގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާއިން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި އެމްއާރުއެމުން ބުނެފައިވަނީ ނޮވެމްބަރު 3 ގައި ދިވެހި ސަރުކާރު އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާއިން ކަމަށެވެ. އެމްއާރުއެމުން ވަނީ އެކަމަށްޓަކައި، އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާ ކޮށްފައެވެ.

ރައީސް މައުމޫނުގެ ޕާޓީން މިހެން ބުނި ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއައީ 3 ނޮވެންބަރުގެ ބާޣީން މުޅިން ބަލިވެ، އަސީރުންގެ ގޮތުގައި ބަޔަކު ގޮވައިގެން ފުރައިގެން ދިޔަފަހުންނެވެ.

އެމްއާރްއެމްގެ ބަޔާނުގައި ނަސްރުގެ ދުވަސް ފާހަގަކުރާއިރު، މިޤައުމުގައި އޮތް އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ދެމެހެއްޓުމަށާއި ޤައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލަމާތްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ.

ނަސްރުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަ ކުރަން ޖެހޭ ދުވަހެއްކަން ފާހަގަކުރަމުން އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވަނީ އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުކޮށްލިކަމަށެވެ.

އެމްއާރްއެމުން ބުނީ ނަސްރުގެ ދުވަހު ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވި ނަމަވެސް ދިވެހި ސިފައިން ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ދެމިތިބި ކަމަށެވެ.

“1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެކެވެ. އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާއެވެ.” އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

އެމްއާރުއެމުން ބުނީ ނޮވެމްބަރު 3 ވަނަ ދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުން ކަމަށެވެ.

އަދި އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށްކަމަށް ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވާ އެމްއާރުއެމުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢަލި

03-Nov-2022

ނޫނޭ ވާ ކަލޭމެން ތީ ކޮންފަދަ ބަޔެއް ... ޝުކުރު ކުރަންވެސް ނުދަންނާނެ .. ރަސް ރަސް ސާބަސް .... ސިޔާސީވިއަސް ތީ ބޮޑުވަރު..



ޓްރެންޑިން