އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ދެން ނުގަންނާނެކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަށްވާފައިވާ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިއަދު ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ދެން ނުގަންނާނެކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އިޒްރޭލުން މިހާރު ކުރާކަމަކީ، ފަލަސްތީނުގެ ޒައިތޫނި ދަނޑުތަކުން ގޮވާންކުރަންދާ މީހުން ހުއްޓުވުމާއި ކުޑަކުދިންނަށް އަނިޔާ ކުރުން ކަމަށެވެ.

"އިޒްރޭލުގައި އުފައްދާ އެއްވެސް އެއްޗެއް އަހަރެން ދެން ނުގަންނާނަން. އަހަންނާ ބައިވެރިވާނީ ކާކު؟" އިބްރާ ވިދާޅުވެފައިވެއެވެ.



އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި މިހާރުވެސް 18 އަހަރު ނުފުރޭ 4000 އަށްވުރެ ގިނަ ކުޑަކުދިން އިޒްރޭލުގެ ޖަލުތަކުގައި ތިބިކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު