ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަކީ ވައްކަމާއި ކޮރަޕްޝަން ހިންގައިގެން މުއްސަނދިވީ ބޭފުޅެއްނޫން ކަމަށް ޖޭޕީގެ ނައިބު ލީޑަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިމޭރުމުން ވިދާޅުވީ ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް އަބްދުالله ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އަދުރޭއަށް ރައްދު ދެއްވަމުން އަމީން ވިދާޅުވީ ޤާސިމް އިބްރާހީމަކީ ބުރަމަސައްކަތުން ވިޔަފާރި ކޮޅަށް ޖެއްސެވި ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނަކީ ވިޔަފާރީގެނަފާ ބޭނުންޖެހިފައިވާ މީހުންނަށް ދެއްވައި އެފަދަމީހުންނަށް އުންމީދު ގެނެސްދެއްވާ ބޭފުޅެއް ކަމަށް އަމީން ވިދާޅުވިއެވެ.

"މުޅި ޢުމުރު ރައްޔިތުންގެ ފައިސާއިން ނަހަމަ މުއްސަނދިކަން ހޯދަމުންދިޔަ މީހުން ނަފްރަތާއި ފިތުނަ ފިޔަވައި ރައްޔިތަކަށް ދިއްކޮށްލި އެއްޗެއް ކޮބައިތޯ." އަމީން ވިދާޅުވެފައިވެއެވެ.

އަމީން ވިދާޅުވީ ބައެއް މީހުނަށް ސިޔާސީ މަސައްކަތަކީ ޕާޓީގެ ރައީސް ރުއްސަން އެހެންމީހުންގެ އަގު ވައްޓާލައި ކަރާމާތް ނަގާލުން ކަމަށެވެ. އަދި ލެއްވިހާ ދޮގަކާއި ހަޑިހުތުރު ބަސްތައް ގޮވުމަކީ ސިޔާސީ މަސައްކަތްކަމަށް އެފަދަ މީހުން ދެކޭކަމަށްވެސް އަމީން ވިދާޅުވިއެވެ.

"އެފަދަ މީހުނަށް ހީވަނީ އެހެން އެންމެންވެސް ފައިސާ ހޯދަނީ އޭނަ ކަންކުރާ ގޮތަށް ވައްކަމާ އޮޅުވާލުމާ ކޮރަޕްޝަންގެ ތެރެއިން ކަމަށް." އަމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް