ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއޫގައި މާލީ އަދި އިޖްތިމާއި ގިނަ މައްސަލަތަކެއް ހުރިކަން ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބެންކުން ނެރުނު ރިޕޯޓެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަކީ ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ނުގުޅޭ ގޮތަކަށް މާ އަގުބޮޑުކޮށް ހިންގާފައިވާ މަޝްރޫއެއްކަމަށެވެ.
ވޯލްޑް ބެންކުގެ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނީ ހިޔާ މަޝްރޫއަށް 10 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އެޗްޑީސީއަށް މާލީ ގޮތުން ބޮޑު ބުރައެއް ކަމަށެވެ. އަދި އެއީ އަޅާފައިވާ ފްލެޓް އިމާރާތްތަކާއި އަޅާބަލާއިރުވެސް ބޮޑު އަދަދެއްކަމަށެވެ.
ހިޔާ ފްލެޓްގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރުން އެތަންތަން ރައްޔިތުންނަށް ދޭންޖެހުނީ 490356 ރުފިޔާގެ ޑިސްކައުންޓެއް ނުވަތަ ސަބްސިޑީއަކާއެކުކަމަށްވެސް ވޯލްޑް ބެންކުން ބުނެއެވެ.
މިކަންކަމުގެ އިތުރުން ވޯލްޑް ބެންކުގެ ރިޕޯޓުގައިވާ ގޮތުން ހިޔާ ފްލެޓްތައް އިމާރާތްކުރުމަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުން އެޗްޑީސީއަށް ވަނީ ބޮޑު ބުރައެއް ކުރިމަތިވެފައެވެ. އެގޮތުން އެ ލޯނުތަކަކީ ކުރު މުއްދަތެއްގައި ދައްކަން ޖެހޭ ގޮތަށް ބޮޑު އިންޓަރެސްޓް ރޭޓްގައި ނަގާފައިވާ ލޯނުތަކެއްކަމަށާއި އަދި އެކަމުގެ ސަބަބުން ކުރިމަތިވި މާލީ ދަތިތައް ފޫބެއްދުމަށް އެޗްޑީސީން 40 މިލިއަން ޑޮލަރު ނުވަތަ 616 މިލިއަން ރުފިޔާގެ އިތުރު ލޯނެއް ނަގަން ޖެހުނުކަންވެސް ވޯލްޑް ބެންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ވޯލްޑް ބޭންކުން ފާހަގަކުރި އަނެއް ކަމަކީ އެ މަޝްރޫއުގެ ޑިޒައިން އާއި ހިންގަން ރާވާފައިވާ ގޮތަކީ ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ވައްޓަފާޅިއާ ނުގުޅޭ ޑިޒައިންތަކެއްކަމެވެ. އަދި ފިނިޝިންގ ނުނިންމާ ދިނުމުގެ ސަބަބުން ރައްޔިތުންނަށްވެސް ބުރަ ބޮޑުވެފައިވާކަމަށް ރިޕޯޓްގައިވެއެވެ.
ހިޔާ މަޝްރޫޢަކީ ރާއްޖޭ ތާރީހުގައި މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 7000 ފްލެޓް އިމާރާތްކޮށްފައިވަނީ 25 ބުރީގެ ޓަވަރުތަކެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު