މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިން ހިމެނޭ ޓީމަކުން މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ ފެންވަރުގެ ބޭފުޅުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރީ 3 މައްސަލައެއްގެ މައުލޫމާތު ދިނުމަށެވެ. އެއީ އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާއި، ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ މަރާއި މިމަހު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު މުހައްމަދު މިންހާޖުގެ މައްސަލައެވެ.
ފުލުހުންގެ ޕްރެސް ކޮންފަރެންސުން ގިނަ މައުލޫމާތުތަކެއް ލިބޭނެކަމަށް އުއްމީދުކުރިނަމަވެސް، މާގިނަ އައު މައުލޫމާތުތަކެއް ދީފައެއް ނުވެއެވެ.
ޕްރެސްކޮންފަރެންސްގައި ދެއްކި ވާހަކަތަކަށް ބަލާއިރު މިދިޔަ އޮގަސްޓުމަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައިވެސް މާގިނަ އައު ވާހަކަތަކެއް ނެތެވެ. ގިނަބަޔަކު ހިތުގައި އޮތް ސުވާލަކީ އެވަރުގެ އަނިޔާއެއް އެ އަންހެން މީހާއަށް ދިނީ ކީއްވެ ކަމާމެދު އޮތް ސުވާލެވެ. ނަމަވެސް ފުލުހުން ބުނީ އެކަން އަދިވެސް ހޯދިފައިނުވާކަމަށެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވީ ކޮންކޮން މައުލޫމާތުތަކެއްތޯ ބަލާއިރު، ފުލުހުން ބުނީ ޝިއާއު މުހައްމަދު ސައީދުގެ މަރާލުމަށްފަހުވެސް އޭނާގެ ހަށިގަނޑަށް އަނިޔާދިންކަން އެ ރިޕޯޓުން އެނގޭ ކަމަށެވެ. ނަމަވެސް މިއީވެސް މާކުރިން ފެށިގެން ރަށުތެރޭގައި ދައްކާފައިވާ ބައު ވާހަކަތަކެވެ.
ހަގީގަތުގައި ފުލުހުންގެ ޕްރޮފެޝަނަލް ތަހުގީގަކުން ހޯދަންޖެހޭ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް މި މައްސަލައާ ގުޅިގެން ލިބިފައެއް ނުވެއެވެ. ފުލުހުން ދޭ މައުލޫމާތުތަކަށްވުރެ ރަށު ތެރޭގައި ދައްކާ ވާހަކަތަކުން ބައެއް ފަހަރު މާގިނަ މައުލޫމާތު ލިބެއެވެ.
މިއަދު ފުލުހުން މައުލޫމާތު ދިން ދެވަނަ މައްސަލައަކީ ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ މަރުގެ މައްސަލައެވެ. އެކަމުގައިވެސް ފުލުހުންނަށް އާ މައުލޫމާތެއް ނުލިބެއެވެ. ފުލުހުން ބުނީ އަޒްހާންގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާކަމަށާއި، އަދި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން އެރިޕޯޓުން ހާމަނުވާކަމަށެވެ. އަދި ބަޔަކު އޭނާ މަރާލިކަމުގެ ހެއްކެއްވެސް މިހާތަނަށް ނުފެންނަކަމަށެވެ. މިކަމުގައިވެސް ރައްޔިތުން ކުރާ އެންމެ ބޮޑު ސުވާލަކީ، އަޒްހާނަށް ވީ ކިހިނެއް ކަމާމެދު އުފައްދާ ސުވާލެވެ. އޭނާ މަރުވީ ކިހިނެއްހެއްޔެވެ. މިއިން އެއްވެސް ސުވާލަކަށް ފުލުހުންނަށް މިހާތަނަށް ޖަވާބެއް ނުހޯދެއެވެ. ފެންނަ ފެނުމަށް ހޯދޭނެހެނެއްވެސް ހިޔެއް ނުވެއެވެ.
ފުލުހުން މިއަދު މައުލޫމާތު ދިން އަނެއް މައްސަލައަކީ މިމަހު ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު މުހައްމަދު މިންހާޖުގެ މައްސަލައެވެ. މިކަމުގައިވެސް ފުލުހުންނަށް މާބޮޑު ކުރިއެރުންތަކެއް ނުލިބެއެވެ. ފުލުހުން ބުނާގޮތުން މިކަމުގައި ސުވާލު އުފެދޭ ކަންތައްތައް އެބަހުއްޓެވެ. ނަމަވެސް ސުވާލެއް ނެތި ޔަގީންކަމާއެކު އެއްވެސް އެއްޗެއް މި މައްސަލައިގައި ފުލުހުންނަށް ނުދެއްކެވެއެވެ. އެންމެފަހުން މިންހާޖު ހޯދުމުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.
ފުލުހުން ނޫސްވެރިންނާއި މިއަދު ބައްދަލުކޮށް މައިގަނޑު ގޮތެއްގައި ދެއްކީ އެންމެންނަށް އެނގޭ ވާހަކަތަކެކެވެ. އާ އެއްވެސް މައުލޫމާތެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން އެތައް ބިލިއަން ރުފިޔާއެއް ހޭދަކުރާ ފުލުހުންގެ މުއައްސަސާގެ މަސައްކަތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާނެ ޖާގަ މިކަމުގެ ސަބަބުން އުފެދެއެވެ.
އާއްމު ގިނަ ރައްޔިތުން ފުލުހުންނަށް އިތުބާރު ނުކުރަނީވެސް މިކަހަލަ ކަންކަމާއި ހެދިއެވެ. ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބި މުއައްސަސާގެ ފަރާތުން ހަރުދަނާކަމާއި ގާބިލްކަން މިހާރަށް ވުރެ ރަނގަޅަށް ފެންނަން ވާނެއެވެ. އެހެން ނޫނީ ފުލުހުންގެ މުއައްސަސާއެއް އޮތުމުގެ ބޭނުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު