ލާމަރުކަޒީ ގާނޫނު އޮތް ގޮތުން އަތޮޅު ސަރުކާރު ހިންގާ، ފެޑަރަލް ސިސްޓަމަށް ދައުލަތް ހިންގަން ޖާގައެއް ނެތްކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު މިއަދު ވިދާޅުވީ ގާނޫނު މިހާރުއޮތްގޮތުން އަތޮޅު ސަރުކާރު ހިންގާ ފެޑެރަލް ސިސްޓަމަކަށް ދައުލަތް ހިންގަން ޖާގަނެތް ކަމަށެވެ. އެކަން ކުރެވޭނީ ގާނޫނު އަސާސީއާއި ގާނޫނަށް އިތުރު ބަދަލުގެނެސްގެންކަމަށް ނިޔާޒް ވިދާޅުވިއެވެ.
ދެކުނުގެ ރަށްތަކުން އެއްވެ، ކުރިއަށް ގެންދިޔަ ތިން ވަނަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި އަލީ ނިޔާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ގާނޫނު ފަރުމާކޮށްފައި އޮތީ ރަށްރަށުގެ އިހްތިސާސް ކަނޑައަޅައި، ރަށްރަށަށް މުދާވެރިކަމާއި ފުދުންތެރިކަން އަދި މުއްސަނދިކަން ލިބޭ ގޮތަށް ކަމަށެވެ. އަތޮޅުތަކުގެ އިހްތިސޯސް ކަނޑަނާޅާފައި އޮތީ އޮޅިގެން ނޫން ކަމާއި އެކަން ކުރީ މުހިންމު މަގުސަދެއްގައި ކަން ނިޔާޒް ފާހަގަކުރެއްވިއެވެ.
ނިޔާޒު ވިދާޅުވީ، އަތޮޅު ކައުންސިލްތަކަށް އިހްތިސޯސެއް ކަނޑައަޅަން އެދެމުން ދިޔަޔަސް، އެއީ ފަސޭހައިން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެކަން ބަދަލުކުރާ ނަމަ، ޖެހޭނީ ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން ކަމަށެވެ. އެފަދަ ބޮޑު، އަދި މުހިންމު މަޝްވަރާތަކަށްފަހު ހެދި ސިޔާސަތެއް ބަދަލުކުރާ ނަމަ އެކަން ކުރެވޭނީ ވެސް ގިނަ މަޝްވަރާތަކަށްފަހު ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ.
ނިޔާޒް މިހެން ވިދާޅުވެފައިވާއިރު ވ.އަތޮޅު ކައުންސިލްގެ ވެރިންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްގެ ވެރިން އެއަތޮޅު ހުޅިދޫއަށް ގޮސް، އެރަށް އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލައި ދާދިފަހުން ވަނީ މުޒާހަރާކޮށްފައެވެ. ވ.އަތޮޅު ހުޅިދޫއަކީ ދަނޑުވެރިކަމުގެ ބޭނުމަށް ރައީސް ޔާމިންގެ ސަރުކާރުން ދޫކޮށްފައިވާ ރަށެކެވެ.
ނަމަވެސް މިހާތަނަށް އައިރު އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއްކޮށްފައެއް ނެތެވެ. އެހެންކަމުން އެރަށުން އަތޮޅުގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހުޅިދޫގައި ކުރި އިހުތިޖާޖުގެ ބައިވެރިން ޑިމާންޑް ކުރީ އެއްބަސްވުމާއި ހިލާފަށް މަސައްކަތެއް ނުހިނގާ، ހުޅިދު އާއި ރިސޯޓެއް ހަދަން ކުއްޔަށް ދޫކޮށްފައި އޮންނަ އެކަމަކު އެއްވެސް މަސައްކަތެއް ނުހިނގާ އަންބަރާ އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށެވެ. އަތޮޅުކައުންސިލާ ރައީސްއޮފީސް އަދި ގުޅުންހުރި ހުރިހާ މުއައްސަސާތަކާއެކު، ވީހާވެސް އަވަހަކަށް މަޝްވަރާކުރުމަށް އެއްބަސްވުމަކަށް އައިސް އެ މުޒާހަރާ މިހާރު ވަނީ ހުއްޓާލާފައެވެ.

އަޅުގަނޑު މި ބުނަނީ މިހާރު ގާނޫނު އޮތްގޮތް.މިހާރުއޮތްގޮތުން އަތޮޅު ސަރުކާރު ހިންގާ ފެޑެރަލް ސިސްޓަމަކަށް ދައުލަތް ހިންގަން ޖާގަނެތް ވާހަކަ.އެކަން ކުރެވޭނީ ގާނޫނު އަސާސީ އާ ގާނޫނަށް އިތުރު ބަދަލުގެނަސްގެންކަމަށް. https://t.co/cRfhj9Z2Cy
— Ali Niyaz 🎈 (@ali_niya) October 15, 2022
ދެކުނުގެ ރަށްތަކުން އެއްވެ، ކުރިއަށް ގެންދިޔަ ތިން ވަނަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި އަލީ ނިޔާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ގާނޫނު ފަރުމާކޮށްފައި އޮތީ ރަށްރަށުގެ އިހްތިސާސް ކަނޑައަޅައި، ރަށްރަށަށް މުދާވެރިކަމާއި ފުދުންތެރިކަން އަދި މުއްސަނދިކަން ލިބޭ ގޮތަށް ކަމަށެވެ. އަތޮޅުތަކުގެ އިހްތިސޯސް ކަނޑަނާޅާފައި އޮތީ އޮޅިގެން ނޫން ކަމާއި އެކަން ކުރީ މުހިންމު މަގުސަދެއްގައި ކަން ނިޔާޒް ފާހަގަކުރެއްވިއެވެ.
ނިޔާޒު ވިދާޅުވީ، އަތޮޅު ކައުންސިލްތަކަށް އިހްތިސޯސެއް ކަނޑައަޅަން އެދެމުން ދިޔަޔަސް، އެއީ ފަސޭހައިން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެކަން ބަދަލުކުރާ ނަމަ، ޖެހޭނީ ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން ކަމަށެވެ. އެފަދަ ބޮޑު، އަދި މުހިންމު މަޝްވަރާތަކަށްފަހު ހެދި ސިޔާސަތެއް ބަދަލުކުރާ ނަމަ އެކަން ކުރެވޭނީ ވެސް ގިނަ މަޝްވަރާތަކަށްފަހު ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ.
ނިޔާޒް މިހެން ވިދާޅުވެފައިވާއިރު ވ.އަތޮޅު ކައުންސިލްގެ ވެރިންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްގެ ވެރިން އެއަތޮޅު ހުޅިދޫއަށް ގޮސް، އެރަށް އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލައި ދާދިފަހުން ވަނީ މުޒާހަރާކޮށްފައެވެ. ވ.އަތޮޅު ހުޅިދޫއަކީ ދަނޑުވެރިކަމުގެ ބޭނުމަށް ރައީސް ޔާމިންގެ ސަރުކާރުން ދޫކޮށްފައިވާ ރަށެކެވެ.
ނަމަވެސް މިހާތަނަށް އައިރު އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއްކޮށްފައެއް ނެތެވެ. އެހެންކަމުން އެރަށުން އަތޮޅުގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހުޅިދޫގައި ކުރި އިހުތިޖާޖުގެ ބައިވެރިން ޑިމާންޑް ކުރީ އެއްބަސްވުމާއި ހިލާފަށް މަސައްކަތެއް ނުހިނގާ، ހުޅިދު އާއި ރިސޯޓެއް ހަދަން ކުއްޔަށް ދޫކޮށްފައި އޮންނަ އެކަމަކު އެއްވެސް މަސައްކަތެއް ނުހިނގާ އަންބަރާ އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށެވެ. އަތޮޅުކައުންސިލާ ރައީސްއޮފީސް އަދި ގުޅުންހުރި ހުރިހާ މުއައްސަސާތަކާއެކު، ވީހާވެސް އަވަހަކަށް މަޝްވަރާކުރުމަށް އެއްބަސްވުމަކަށް އައިސް އެ މުޒާހަރާ މިހާރު ވަނީ ހުއްޓާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު