އިނގިރޭސިވިލާތުގެ ގައުމީ އެއާރލައިން ބްރިޓިޝް އެއާރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.

ލަންޑަންގެ ހީތުރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ކުރާ ދަތުރުތައް މިއަދު ފަށާފައިވާއިރު، މި މަހުގެ 29 ގެ ނިޔަލަށް ހަފްތާއަކު 4 ދަތުރު ރާއްޖެއަށް ބޭއްވި ނަމަވެސް މި މަހުގެ 30 އިން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެއެވެ.

މި ދަތުރުތަކުގައި ބްރިޓިޝް އެއާރވޭސް އިން ބޭނުންކުރާނީ 4 ކުލާހުގެ ބޮއިން-777 މަރުކާގެ މަތިންދާ ބޯޓެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ ބްރިޓިޝް އެއާރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު