އިބްރާހިމް ފަހީމް   15 އޮކްޓޯބަރު 2022 - 11:8
މި އަހަރުގެ އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ މާލޭގައި އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު ޝިއާއު މުޙައްމަދު ސައީދު މަރާލުމަށްފަހުވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަ ކޮށްފައިވަނީ މިފަހުން ހިނގި މަރުގެ ބައެއް ހާދިސާތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ފުލުހުން ބުނީ، ޝިއާއު މަރުވީ ދީފައިވާ ހަމަލާތަކުގެ ސަބަބުން ކަމަށާއި، އަދި މަރުވުމަށްފަހުވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ޕޯސްޓްމޯޓަމް ވަގުތީ ރިޕޯޓުން ހާމަވެފައިވާކަމަށެވެ.

އަނިޔާވެރިކޮށް މަރާލާފައިވަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖޭގެ އެއްނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23 އ) ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ.

ޝާހިލްގެ މައްޗަށް ދައުވާކުރަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފޮނުވާނެކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު