ވ.އަތޮޅު ހުޅިދޫ އެ އަތޮޅުގެ ރައްޔިތުންނަށް މަންފާ ކުރާނެ ގޮތަށް ބޭނުންކުރުމަށް ގޮވާލާ ކުރަމުންދިޔަ އިހުތިޖާޖެއް ހުއްޓާލައިފިއެވެ.
ބުރާސްފަތި ދުވަހު ފެށި މި އިހުތިޖާޖުގެ ތެރެއިން ވ.އަތޮޅު ކައުންސިލްގެ ވެރިންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްގެ ވެރިން ވަނީ ހުޅިދޫއަށް ގޮސް، އެރަށް އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލަމުންނެވެ.
ވ.އަތޮޅު ހުޅިދޫއަކީ ދަނޑުވެރިކަމުގެ ބޭނުމަށް ރައީސް ޔާމިންގެ ސަރުކާރުން ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް މިހާތަނަށް އައިރު އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއްކޮށްފައެއް ނެތެވެ. އެހެންކަމުން އެރަށުން އަތޮޅުގެ ރައްޔިތުންނަށް އެއްވެސް މަންފާ އެއް ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.
މީގެއިތުރުން އެރަށް ހަވާލުކުރި ފަރާތުން އެރަށުގެ ތިމާވެއްޓަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވާކަމުގެ ތުހުމަތުވެސް ކުރެއެވެ. އެގޮތުން އެ ރަށުގައި އޮތް ކުޅިއަކަށް ފަސް އެޅުމާއި ހުއްދަ ނުހޯދައި ޖެޓީއެއް ހެދުން ހިމެނެއެވެ.
ވ. އަތޮޅުގައި 19 ރަށް އޮތްއިރު އޭގެ ތެރެއިން މީހުން ދިރިއުޅެނީ ފަސް ރަށުގައެވެ. ދެންހުރި ހުރިހާ ރަށެއް ހުރީ ވިޔަފާރިވެރިންނަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައެވެ. މިކަމާއި ގުޅިގެން އަތޮޅުގެ ރައްޔިތުންގެ ބޭނުންތަކަށް އެއްވެސް ރަށެއް ނެތެވެ.
ހުޅިދޫގައި ކުރި އިހުތިޖާޖުގެ ބައިވެރިން ޑިމާންޑް ކުރީ އެއްބަސްވުމާއި ހިލާފަށް މަސައްކަތެއް ނުހިނގާ، ހުޅިދު އާއި ރިސޯޓެއް ހަދަން ކުއްޔަށް ދޫކޮށްފައި އޮންނަ އެކަމަކު އެއްވެސް މަސައްކަތެއް ނުހިނގާ އޮތް އަންބާރާ އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށެވެ.
މި އިހުތިޖާޖު ރޭ ނިންމާލީ އަތޮޅުކައުންސިލާ ރައީސްއޮފީސް އަދި ގުޅުންހުރި ހުރިހާ މުއައްސަސާތަކާއެކު، ވީހާވެސް އަވަހަކަށް މަޝްވަރާކުރުމަށް އެއްބަސްވުމަކަށް އައުމަށްފަހުއެވެ. އަދި އެ، ހަރަކާތް މަޑުޖައްސާލާ މުޒާހަރާގެ ބައިވެރިންގެ އެދުމާއެކު ހައްޔަރުނުވެ އަަތޮޅު ރައީސް ހުޅިދޫއިން ފޭބުމަށް ނިންމާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މީގެއިތުރުން މަޝްވަރާގެ މުއްދަތުގެ ތެރޭގައި ފުލުހުންގެ އިދާރާމެދުވެރިކޮށް ހުޅިދޫގެ ހާލަތު ބައްލަވަމުންގެންދަވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅިދޫ ބޮޑަށް ބޭނުންކުރަނީ އެރަށާއި ކައިރީގައި އޮންނަ ވ.އާރަށުގައި ރިސޯޓް ހިންގާ ފަރާތުންނެވެ. އަދި ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށް ބުނެ އެ ރަށް ދޫކޮށްފައި އޮތީ އަހަރަކު 35 ހާހެއްހާ ރުފިޔާއަށްކަމަށްވެސް މައުލޫމާތު ލިބެއެވެ. ވ. އަތޮޅު ކައުންސިލުން ބުނާގޮތުން އެ ކައުންސިލުން އޮތީ މަހަކު 35 ހާސް ރުފިޔާ ދޭން ތައްޔާރަށެވެ. ނަމަވެސް ސަރުކާރުން އެކަމުގައި އަޅާނުލަނީ، ވިޔަފާރިވެރިންގެ ނުފޫޒު ގަދަވުމުންކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ބްރޭކިންގ . އަތޮޅުކައުންސިލާ ރައީސްއޮފީސް އަދި ގުޅުންހުރި ހުރިހާ މުއައްސަސާތަކާއެކު، ވީހާވެސް އަވަހަކަށް މަޝްވަރާކުރުމަށް އެއްބަސްވުމަކަށް އާދެވި، ހަރަކާތް މަޑުޖައްސާލާ މުޒާހަރާގެ ބައިވެރިންގެ އެދުމާއެކު ހައްޔަރުނުވެ އަަތޮޅު ރައީސް ހުޅިދޫއިންފޭބުމަށް ނިންމައިފި. 🙏🏻 pic.twitter.com/y9Q7ysrFsv
— shifaq (@hussain_shifaq) October 14, 2022
ހުޅިދޫގައި ކުރި އިހުތިޖާޖުގެ ބައިވެރިން ޑިމާންޑް ކުރީ އެއްބަސްވުމާއި ހިލާފަށް މަސައްކަތެއް ނުހިނގާ، ހުޅިދު އާއި ރިސޯޓެއް ހަދަން ކުއްޔަށް ދޫކޮށްފައި އޮންނަ އެކަމަކު އެއްވެސް މަސައްކަތެއް ނުހިނގާ އޮތް އަންބާރާ އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށެވެ.
މި އިހުތިޖާޖު ރޭ ނިންމާލީ އަތޮޅުކައުންސިލާ ރައީސްއޮފީސް އަދި ގުޅުންހުރި ހުރިހާ މުއައްސަސާތަކާއެކު، ވީހާވެސް އަވަހަކަށް މަޝްވަރާކުރުމަށް އެއްބަސްވުމަކަށް އައުމަށްފަހުއެވެ. އަދި އެ، ހަރަކާތް މަޑުޖައްސާލާ މުޒާހަރާގެ ބައިވެރިންގެ އެދުމާއެކު ހައްޔަރުނުވެ އަަތޮޅު ރައީސް ހުޅިދޫއިން ފޭބުމަށް ނިންމާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މީގެއިތުރުން މަޝްވަރާގެ މުއްދަތުގެ ތެރޭގައި ފުލުހުންގެ އިދާރާމެދުވެރިކޮށް ހުޅިދޫގެ ހާލަތު ބައްލަވަމުންގެންދަވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅިދޫ ބޮޑަށް ބޭނުންކުރަނީ އެރަށާއި ކައިރީގައި އޮންނަ ވ.އާރަށުގައި ރިސޯޓް ހިންގާ ފަރާތުންނެވެ. އަދި ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށް ބުނެ އެ ރަށް ދޫކޮށްފައި އޮތީ އަހަރަކު 35 ހާހެއްހާ ރުފިޔާއަށްކަމަށްވެސް މައުލޫމާތު ލިބެއެވެ. ވ. އަތޮޅު ކައުންސިލުން ބުނާގޮތުން އެ ކައުންސިލުން އޮތީ މަހަކު 35 ހާސް ރުފިޔާ ދޭން ތައްޔާރަށެވެ. ނަމަވެސް ސަރުކާރުން އެކަމުގައި އަޅާނުލަނީ، ވިޔަފާރިވެރިންގެ ނުފޫޒު ގަދަވުމުންކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު